އާސެނަލް އިން ކާންޓޭ ހޯދުމުގެ މަސައްކަތް ފަށަނީ

ޗެލްސީއަށް ކުޅެމުން އަންނަ ފްރާންސް މިޑްފީލްޑަރ އެންގޯލޯ ކާންޓޭ ހޯދުމުގެ މަސައްކަތް އާސެނަލުން ފަށައިފިކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ. އާސެނަލްގެ މެދުތެރެ އިތުރަށް ވަރުގަދަ ކުރުމަށް މިޑްފީލްޑަރ...

10 Jul 2022 | 18:29

ޗެލްސީއަށް ކުޅެމުން އަންނަ ފްރާންސް މިޑްފީލްޑަރ އެންގޯލޯ ކާންޓޭ ހޯދުމުގެ މަސައްކަތް އާސެނަލުން ފަށައިފިކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

އާސެނަލްގެ މެދުތެރެ އިތުރަށް ވަރުގަދަ ކުރުމަށް މިޑްފީލްޑަރަކު ހޯދުމަށް އެ ކުލަބުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކާންޓޭ އަކީ އާސެނަލުން ބޭނުންވާ ފަދަ ރަނގަޅު މިޑްފީލްޑަރެއް ކަމަށް އެކުލަބުން ބުނެއެވެ.

އުމުރުން 31 އަހަރުގެ ކާންޓޭ ޗެލްސީއާއި އެކު ގަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނާނީ އަންނަ އަހަރަުގެ ޖުލައިމަހުގެ ނިޔަލަށެވެ. ކާންޓޭ ޗެލްސީގެ އެއްބަސްވުމުގައި އަދި ބާކީ އެއް އަހަރު އެބައޮތެވެ.

މީގެ ކުރިންވެސް އާސެނަލުން ވަނީ ކާންޓޭ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ކާންޓޭ ޗެލްސީއަށް ބަދަލުވުމުގެ ކުރިން 2016 ވަނަ އަހަރު ލެސްޓާ ސިޓީއަށް ކުޅުނު އިރުު އާސެނަލުން އޭނާ ހޯދުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެފަހަރު އާސެނަލްގެ މައްޗަށް ކުރިހޯދާ ކާންޓޭ ހޯދުމުގެ ރޭސް ކާމިޔާބު ކުރީ ޗެލްސީންނެވެ.

އާސެނަލުން ކާންޓޭ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނާއިރު، މިފަހަރު ޗެލްސީ ޕްރިސީޒަން ޓުވާގައި އެމެރިކާއަށް ކުރި ދަތުރުގައިވެސް ކާންޓޭ ބައިވެރި ނުވެއެވެ. ރިޕޯޓުތައް ބުނާގޮތުން ކާންޓޭއަށް މި ދަތުރުގައި  ބައިވެރި ނުވެވުނީ އޭނާ ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައި ނުވުމުންނެވެ. ކޮވިޑާއި ގުޅިގެން އެމެރިކާގެ އުސޫލުތައް ހަރުކަށިކޮށްފައިވާއިރު، ކޮވިޑް ވެކްސިން ފުރިހަމަ ނުކުރާ އެއްވެސް ކުޅުންތެރިއަކަށް އެމެރިކާއަށް ދަތުރު ނުކުރެވޭނެއެވެ.

އާސެނަލުން ކާންޓޭ ހޯދުމަށް މަސައްކަތް ކުރާކަމަށް ރިޕޯޓުތައް ބުނިނަމަވެސް ޗެލްސީން އަދި ކާންޓޭ އެހެން ކުލަބަކަށް ދޫކޮށްލުމާއި މެދު ވަކި ގޮތެއް ނުނިންމައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް