ގދ. ތިނަދޫގައި ބިދޭސީ ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިންގައި އެކަކު ޒަަހަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ، ގދ. ތިނަދޫގައި ދެ ބިދޭސީންގެ މެދުގައި މާރާމާރީއެއް ހިންގާފައިވާކަމަށް މިރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށާއި މާރާމާރީގައި އަނިޔާވި ބިދޭސީ މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
"މާރާމާރީއާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވޭ" ފުލުހުން ބުނެފައިވެއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޕަބްލިކް ރިލޭޝަން އޮފިޝަރ ސާލިމް އަލީ ވިދާޅުވީ މާރާމާރީއެއްގައި ޒަހަމްވި ބިދޭސީއަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
"ހެޑް އިންޖަރީއަކަށް ފަރުވާދެމުންދަނީ، ޕޭޝަންޓްގެ ހާލަތާއިމެދު އަދި ވަކި މައުލޫމާތެއް ނެތް" ސާލިމް ވިދާޅުވިއެވެ.
ތަފްސީލް އަންނަނީ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް