ފްރާންސްގެ ކުލަބު ޕީއެސްޖީން މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެ ކުލަބުގެ 11 ކުޅުންތެރިއަކު ވިއްކާލަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.
ނިމިގެން ދިޔަ ސީޒަނުގައި ކުރިމަތިލާން ޖެހުނު ނާކާމިޔާބީ އާއި ގުޅިގެން ޕީއެސްޖީގެ ސްކޮޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މީގެ ކުރިންވެސް އެ ކުލަބުން ވަނީ ނިންމާފައެވެ.
އެގޮތުން މި އަހަރުގެ ޓްރާންފާ ބާޒާރުގައި އެގާރަ ކުޅުންތެރިއަކު ވިއްކާލަން ނިންމާފައިވާ ކަމަށް ޕީއެސްޖީއާއި ހަވާލާދީ ފްރާންސްގެ މީޑިއާތަކުން ވަނީ ބުނެފައެވެ.
ޔޫރަޕުފެ އެހެން ކުލަބުތަކާއި އަޅާބަލާއިރު، ޕީއެސްޖީ އަކީ ކުޅުންތެރިންނަށް އެންމެ ބޮޑު މުސާރައެއް ދޭ ކުލަބެވެ. އެގޮތުން އެ ކުޅުންތެރިންނަށް ކުލަބުން ދެމުން އަންނަ ބޮޑު މުސާރައާއި އެއްވަރަށް އެ ކުޅުންތެރިންގެ ފަރާތުން ވެސް ކުލަބަށް ފައިދާތަކެއް ލިބެނެ ޖެހޭކަމަށް ޕީއެސްޖީން ވަނީ ބުނެފައެވެ. ނަމަވެސް އެގޮތަށް އެ ކުޅުންތެރިންގެ ފަރާތުން އެދެވޭ ޕާފޯމަންސްއެއް ނުދެއްކޭ ނަމަ ވިސްނުން ބަދަލުކުރަން ޖެހޭ ކަމަށް ވެސް އެ ކުލަބުން ވަނީ ބުނެފައެވެ.
ޕީއެސްޖީގެ އެގާރަ ކުޅުންތެރިއަކު ވިއްކާލަން ނިންމި މި ނިންމުމަކީ އެ ކުލަބާއި އަލަށް ހަވާލުވި ކޯޗު ކްރިސްޓޮފް ގަލްޓިއާ ގެ ނިންމުމެއް ކަމަށް ވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
ޕީއެސްޖީން އެންމެ ފަހުން ވޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކްރިސްޓޮފް ގަލްޓިއާ ބުނެފައިވަނީ ޕީއެސްޖީގެ މެދުތެރެއަށާއި ފަހަތައް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި ކުލަބުގެ އެންމެ ބަލިފައެއްގެ ގޮތުގައި ވެފައިވަނީ މެދުތެރެއާއި ފަހަތްކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ޕީއެސްޖީން އެގާރަ ކުޅުންތެރިއަކު މި ޓްރާބްސްފާގައި ވިއްކާލަން ނިންމި ނަމަވެސް އެއީ ސީދާ ކޮން ކުޅުންތެރިންނެއް ކަމެއް އެ ކުލަބުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެ އެގާރަ ކުޅުންތެރިންގެ ތެރޭގައި ގިނައީ ކުލަބުގެ ފުރަތަމަ އެގާރައިން ފުރުސަތު ނުލިބޭ ކުޅުންތެރިން ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
ނަމަވެސް އެ ލިސްޓުގައި އެ ކުލަބުގެ ފަހަތައް ކުޅޭ ޑިއާލޯ، ފޯވާޑް އިކާޑީ، ހެރޭރާ، ވިނެލްޑަމް، ކުރުޒާވާ އަދި ޕަރަޑޭސްގެ އިތުރުން ކިމްބެންޕޭ، ޑިމާރިއާ ފަދަ ކުޅުންތެރިން ހިމެނޭ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
މީގެ ތެރެއިން އެންހެލް ޑި މާރިއާ މިހާރުވަނީ ކުލަބު ދޫކޮށް އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވުމަށް ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް