އައްޑޫ އީދު ފެސްޓިވަލުގައި ސިފައިން ބައިވެރިވެއްޖެ

އައްޑޫސިޓީ މީދޫގައި ބޭއްވި "އައްޑޫ ޢީދު ފެސްޓިވަލް" ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ބައިވެރިވެއްޖެއެވެ. ޖުލައި 10 ވަނަ ދުވަހުގެ ހަވީރު ސ.މީދޫގައި ބޭއްވި "އައްޑޫ ޢީދު ފެސްޓި...

10 Jul 2022 | 15:37

އައްޑޫސިޓީ މީދޫގައި ބޭއްވި "އައްޑޫ ޢީދު ފެސްޓިވަލް" ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ބައިވެރިވެއްޖެއެވެ.

ޖުލައި 10 ވަނަ ދުވަހުގެ ހަވީރު ސ.މީދޫގައި ބޭއްވި "އައްޑޫ ޢީދު ފެސްޓިވަލް" ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ އެކި ކޮމްޕޯނަންޓްތަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހުޅުމީދޫ ފަޔަރ ސްޓޭޝަންގެ ސިފައިންނާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ސިފައިންނާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސަރވިސް ސަޕޯޓް ކޮމްޕޯނަންޓް 4 ގެ ސިފައިންނާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ މެރިން ޑިޕްލޯއިމަންޓް ޔުނިޓް 5 ގެ މެރިންސް ވަނީ ހަރަކާތްތެރިވެފައެވެ.

މި ހަރަކާތަކީ ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތާ ގުޅުވައިގެން އައްޑޫސިޓީ މީދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް