"އޮފީސް ލޯބި" ސީޒަން 2 ގައި އެކްޓްކޮށްލަން ބޭނުންތަ؟ މިއޮތީ އެ ފުރުސަތު!

ރާއްޖޭގައި މިފަހަކަށް އައިސް އެންމެބޮޑު މަގުބޫލުކަމެއް ލިބުނު ސިޓްކޮމް ސީރީޒަކީ "އޮފީސް ލޯބި" ސީރީޒޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެންމެންގެ މޫނުމަތިން ހިނިތުންވުން ގެނުވި ސިޓްކޮމް "ކަރުހަކުރު" ގެ ...

10 Jul 2022 | 12:16

ރާއްޖޭގައި މިފަހަކަށް އައިސް އެންމެބޮޑު މަގުބޫލުކަމެއް ލިބުނު ސިޓްކޮމް ސީރީޒަކީ "އޮފީސް ލޯބި" ސީރީޒޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

އެންމެންގެ މޫނުމަތިން ހިނިތުންވުން ގެނުވި ސިޓްކޮމް "ކަރުހަކުރު" ގެ ތިން ސީޒަނަށްފަހު އެފަދަ މަޖާ ސީރީޒެއްގެ އިންތިޒާރުގައި ތިބި މީހުންގެ ނިމުމަކަށްވީ 'އޮފީސް ލޯބި" ސީރީޒެވެ.

އެ ސީރީޒުގެ ސްޓޯރީ ގެނެސްދީފައިވާ ގޮތާއި ޑައިރެކްޝަނާއި ކެމެރާ ކުރުމުގައި ގެންގުޅެފައިވާ އުކުޅުތައް ކަމުދިޔައެވެ. ޚާއްސަކޮށް ފުރަތަމަ ސީރީޒުގެ އެކްޓަރުންގެ ހުނަރުވެރިކަމުން ހައިރާންކޮށްލިއެވެ. މީގެތެރެއިންގެ މަރިޔަމް ވަހީދާ (ޔަމް) ގެ ހުނަރުންފުރިފައިވާ އެކްޓިންގ ވެގެންދިޔައީ ގިނަބަޔަކު އާޝޯޚުކޮށްލި ހަރަކާތްތަކަށެވެ.

އެހެންކަމުން "އޮފީސް ލޯބި" އިތުރު ސީޒަނަކަށް ހިނގައިދާނެތޯ މިއީ ހިތްތަކުގައި އުފެދިފައިވާ ސުވާލެކެވެ. މި ސުވާލަަށް ނިމުން ގެނައީ "އޮފީސް ލޯބި" އިންސްޓަގްރާމް ޕޭޖަށް ދޫކޮށްލި ޕޯސްޓަރަކުންނެވެ. އެ ޕޯސްޓަރުގައި ވަނީ ދެވަނަ ސީޒަންގައި ހަރަކާތްތެރިވާނެ އިތުރު ތަރިން ހޯދުމަށް އިޢުލާނުކޮށްފައެވެ.

ބިސް އޮފީހުގެ ސްޓައިލްގައި ވަނީ އޮފީސް ލޯބީގައި އެކްޓްކުރަން ޝަޢުޤުވެރިވާ ފަރާތްތަކުން ފުރިހަމަ ނަމާއި ގުޅޭނެ ނަންބަރު ”އޮފީސް ލޯބި“ އިންސްޓަގްރާމް ޕޭޖަށް ޑައިރެކްޓް މެސެޖަކުން ފޮނުވުމަށް އެދިފައެވެ.

https://www.instagram.com/p/Cft7Y9kpRao/?utm_source=ig_embed&ig_rid=01311800-9a97-41af-ade9-f763f4d20294

އަވަށްޓެރި އެހެން ގައުމުތަކުގެ ސީރީޒުތަކުގައި ވެސް އެއް ސީރިޒުން އަނެއް ސީރީޒަށް އައު ކާސްޓުން ހޯދައެވެ. އެކަމަކު މެއިން ކެރެކްޓަރ ބަދަލުކުރަނީ ކޮންމެހެން މަޖުބޫރުވެގެންނެވެ. ދެން އުފެދޭ ސުވާލަކީ ސީރީޒް އެކެއް ގައި މަސައްކަތްކުރި ކާސްޓުން ދެވަނަ ސީޒަނުން ބާކީވަނީތޯއެވެ.

މި ސުވާލަށް "އޮފީސް ލޯބީ"ގެ ކާމިޔާބު ޑައިރެކްޓަރ އަމީނާ މުހައްމަދު (އަމީ) ބުނީ ފުރަތަމަ ސީޒަންގެ ކާސްޓުންގެ އިތުރުން އައު ކުދިން ހޯދަނީ ކަމަށެވެ. އެހެންވީމާ ފުރަތަމަ ސީޒަނާއި އެއްގޮތަށް ދެވަނަ ސީޒަން ގައި ވެސް ސަސްޕެންސްތަކެއް އެކުލެވޭނެ ކަމަށް އުއްމީދުކުރަމާ ހިނގާށެވެ.

އަމީ ވެސް ބުނީ ދެވަނަ ސީޒަން ގައި ވެސް ތަފާތުކަމެއް ދެއްކުމަށް މަސައްކަތްކުރާ ކަމަށާއި މަސައްކަތުގެ އަގު ވަޒަން ކުރާނީ ބެލުންތެރިން ކަމަށެވެ.

އޮފީސް ލޯބި“ގެ ފުރަތަމަ ސީޒަންގައި 10 އެޕިސޯޑަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ކާސްޓްގެ 99.9 އިންސައްތައަކީ މުޅިން އަލަށް ފިލްމީ ދާއިރާއަށް ނުކުތް ހުނަރުވެރިންނެވެ. އެހެންވެ މުޅިން އައު ފަންނާނުންނާއެކު އުފެއްދި "އޮފީސް ލޯބި" ފުރަތަމަ ސީރީޒުން ލިބުނު ތަޖުރިބާގެ އަލީގައި އަމީ ހުރީ ބެލުންތެރިންގެ މޫނުމައްޗަށް ހިނިތުން ގެނެސްދިނުމަށް އަތުކުރި އޮޅާލައިގެންނެވެ.

ބައިސްކޯފު އެޕުން ބަލައިލެވޭ "އޮފީސް ލޯބި" ފުރަތަމަ ސީޒަނަކީ އޮފީސް މާހައުލުގައި ހިނގާ އެކިއެކި ކަންތައްތަކާ ގުޅުވާލައިގެން ހަދާފައިވާ ކޮމެޑީ ސީރީޒެކެވެ.

މި ސިރީޒްގައި އައިމިނަތު ޝުހާ، މަރިޔަމް ވަހީދާ (ޔަމް)، ރަފްހާން، ރޫބީ، ދީނާ (ޖެރީ), ސާލިމް (ބަގްސީ)، ޖިލިއަން، ޝިވާޒު އަދި މުޙައްމަދު އަފްރާޙު ވަނީ ހަރަކާތްތެރިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް