އަޟްހާ އީދާ ދިމާކޮށް ސެމްސަން ގެލެކްސީ އެސް 21 ޕްލަސްގެ 256 ޖިީބީގެ ފޯނެއް ހޯދުމުގެ ފުރުޞަތު އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފިއެވެ.
އެ ކުންފުނިން ބުނީ އަޟްހާ އީދުގެ މަންޒަރެއް ފެންނަ ފޮޓޯއެއް ހިއްސާކޮށްގެން ސެމްސަން ފޯނެއް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި ފޯނު ހޯދުމުގެ ފުރުސަތަށް އެދި ހަދަންޖެހޭ ގޮތަކީ ސޯޝަލް މީޑިއާގައި އެންމެންނަށް ފެންނަ ގޮތަށް ހުންނަ އެކައުންޓަކުން އީދާ ގުޅުންހުރި ފޮޓޯއެއް ހިއްސާކޮށްލުމެވެ. ފޮޓޯ ހިއްސާކުރާއިރު ހޭޝްޓެގެއްގެ ގޮތުގައި #EidMajaa ބޭނުންކުރަން ޖެހެއެވެ.
ފޮޓޯ ހިއްސާ ކުރުމުގެ ފުރުސަތުގެ މިމަހުގެ 21 ވަނަ ދުވަހުގެ ރޭ 11:59 އާ ހަމައަށް އޮތް ކަމަށް އިރީދޫ އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް