ރައީސް ނަޝީދު ވިދާޅުވަނީ މަޖިލީހުގެ މެމްބަރުން ލަންކާއަށް ދަތުރެއް ކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް

ރައްޔިތުން މަޖިލީހުގެ މެންބަރުން ލަންކާއަށް ދަތުރެއް ކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕުގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދ...

10 Jul 2022 | 07:29

ރައްޔިތުން މަޖިލީހުގެ މެންބަރުން ލަންކާއަށް ދަތުރެއް ކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕުގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ ލަންކާގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅޭ ޚަބަރެއް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ހިއްސާކުރެއްވުމުންނެވެ.

އެ ޚަބަރާއެކު ބޮންޑެ ވިދާޅުވެފައިވަނީ ލަންކާއަށް މިއަދުކުރިމަތިވެފައިވާ ހާލަތަކީ ދަރަނި އަދާކުރަން އިތުރު ދަރަނި ނެގުމުގެ ނަތީޖާ ކަމަށެވެ.

އެއަށް ރައްދު ދެއްވާ ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރާއްޖޭގެ ރައްޔިތުންގެެ މަޖިލީހުގެ މެންބަރުން ލަންކާއަށް ދަތުރެއް ކުރެއްވުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ.

ރާއްޖޭގެ ދަރަނި ރީސްޓްރަކްޗަރ ކޮށްފައި ޚަރަދު ކުޑަކޮށްފިނަމަ ޓެކްސް ބޮޑުކުރަން ނުޖެހޭނެ ކަމަށާއި ސަރުކާރުން ޓެކްސް ބޮޑުކުރަން ނިންމީ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި ކަމަށް ރައީސް ނަޝީދު މީގެކުރިން ވިދާޅުވެފައިވާއިރު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވަނީ ދަރަނި ރީސްޓްރަކްޗަރ ކުރާ ހާލަތަށް ރާއްޖެ އަދި ނުދާ ކަަމަށެވެ.

މިނިސްޓަރ ވިދާޅުވެފައިވަނީ މިކަން ރަނގަޅަށް މެނޭޖް ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށާއި ރާއްޖެއަށް ހާލަތު އައީ ދަރަނި ރީސްޓްރަކްޗަރ ނުކޮށްގެން ނޫން ކަމަށެވެ. އަދި ކޮވިޑާ ހެދި ދައުލަތުގެ އާމްދަނީ ބޮޑުތަނުން ދަށްވެ، ޖީޑީޕީ ދަށަށް ދިޔުމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް