މާލެ ސަރަހައްދުގެ ބަސް ދަތުރުތަކުގެ ތާވަލަށް އެމްޓީސީސީން ބަދަލު ގެނެސްފި

މާލެ ސަރަހައްދުގެ ބަސް ދަތުރުތަކުގެ ތާވަލަށް އެމްޓީސީސީން ބަދަލު ގެނެސްފިއެވެ. އެމްޓީސީސީން ބުނީ މާލޭ ވެސްޓް ޕާކުން ހުޅުމާލޭ ފޭސް 1 ބަސް ރޫޓާއި، މާލޭ ކާނިވަލުން ހުޅުމާލޭ ފޭސް 1 ބަސް ރޫޓުގެ ދަތުރުތައް ...

10 Jul 2022 | 02:36

މާލެ ސަރަހައްދުގެ ބަސް ދަތުރުތަކުގެ ތާވަލަށް އެމްޓީސީސީން ބަދަލު ގެނެސްފިއެވެ.

އެމްޓީސީސީން ބުނީ މާލޭ ވެސްޓް ޕާކުން ހުޅުމާލޭ ފޭސް 1 ބަސް ރޫޓާއި، މާލޭ ކާނިވަލުން ހުޅުމާލޭ ފޭސް 1 ބަސް ރޫޓުގެ ދަތުރުތައް ދަންވަރު 00:15 އާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ހުޅުމާލޭ ފޭސް 2 އިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބަސް ރޫޓުގެ ތެރެއިން ބަސް ޝެޑިއުލް 1 ގަޑިއިރުން 30 މިނެޓަށް ވަނީ ބަދަލުކޮށްފައެވެ.

އެމް.ޓީ.ސީ.ސީން ބުނީ އެކުންފުނިން މަސައްކަތްކުރަމުންދާ އާންމު ބަސް ޚިދުމަތަކީ ޚިދުމަތް ހޯއްދަވާ ފަރާތްތައް އެދޭފަދަ ލުއިފަސޭހަ، ހިތްހަމަޖެހޭ، އަދި ރައްކާތެރި ޚިދުމަތެއްގެ ގޮތުގައި ފޯރުކޮށްދީ ދެމެހެއްޓުން ކަމަށެވެ.

އެމް.ޓީ.ސީ.ސީން ދާދިފަހުން ވަނީ ޑަބަލް ޑެކް ގެ4 15 ބަސް އިތުރުކޮށް، މާލެއާއި ހުޅުމާލޭ ދެވަނަ ފިޔަވަށްސާއި ދެމެދު ދެ ރޫޓަކުން ސީދާ ދަތުރުތައް ވެސް ފަށާފައެވެ. މި ޚިދުމަތުގައި އެކުންފުނިން ބޭނުންކުރާ ބަހުގެ ޢަދަދު މިހާރު ވަނީ 46 އަކަށް އިތުރުވެފައެވެ.

ބަހުގެ ޚިދުމަތް ފޯރުކޮށްދޭ ވަގުތުތަކަށް މި ގެނެވުނު ބަދަލާއެކު އޮޕަރޭޓްކުރާ ބަހުގެ ޢަދަދު އިތުރުވެގެންދާނެ ކަމަށާއި މި ޚިދުމަތް ރައްކާތެރިކަމާއެކު ތާވަލްކުރެވިފައިވާގޮތަށް ފޯރުކޮށްދެވޭނީ މަގުތައް ބޭނުންކުރާ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބި އާންމު ބަހުގެ ޚިދުމަތުގައި ބޭނުންކުރާ ބަސްތަކަށް އިސްކަންދީގެން ކަމަށް ވެސް އެމް.ޓީ.ސީ.ސީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް