ވިނީސިއަސް ރެއާލްގެ އެއްބަސްވުން އައުކޮށްފި

ރެއާލް މެޑްރިޑާއި އެކު ހަދާފައިވާ އެއްބަސްވުން ބްރެޒިލްގެ ޖޫނިއަރ ވިނީސިއަސް އާކޮށްފި އެވެ. ވިނީސިއަސް އެއްބަސްވުން އާކުރިކަން ރެއާލުން ހާމަކުރީ ހޮނިހިހިރު ދުވަހުގަ އެވެ. ބްރެޒިލްގެ ކުލަބެއްކަމަށްވާ ފ...

10 Jul 2022 | 01:53

ރެއާލް މެޑްރިޑާއި އެކު ހަދާފައިވާ އެއްބަސްވުން ބްރެޒިލްގެ ޖޫނިއަރ ވިނީސިއަސް އާކޮށްފި އެވެ. ވިނީސިއަސް އެއްބަސްވުން އާކުރިކަން ރެއާލުން ހާމަކުރީ ހޮނިހިހިރު ދުވަހުގަ އެވެ.

ބްރެޒިލްގެ ކުލަބެއްކަމަށްވާ ފްލެމެންގޯއިން އެންމެ އަގުބޮޑު ޒުވާން ކުޅުންތެރިޔާގެ ގޮތުގައި ވިނީސިއަސް ރެއާލްއަށް ބަދަލުވީ 2018 ވަނަ އަހަރުގައެވެ.

އޭރު އޭނާ ރެއާލަށް ވަދަލުވީ 38.7 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީ އަކަށެވެ.

ފޯވާޑެއްގެ އިތުރުން ވިންގަށްވެސް ކުޅެވޭ ވިނީސިއަސް ރެއާލްގެ އެއްބަސްވުން އައުކުރީ އިތުރު ފަސް އަހަރު ރެއާކްގައި މަޑުކުރާ ގޮތަށެވެ. އެހެން ކަމުން އޭނާ 2027 ވަނަ އަހަރާއި ހަމައަށް އެ ކުލަބުގައި މަޑުކުރާނެއެވެ.

ވިނީސިއަސް ރެއާލްއާއި އެކު އެންމެ ފުރަތަމަ ހެދި އެއްބަސްވުން ހަމަވާން އޮތީ 2026 ވަނަ އަހަރުގެ ޖުލައިމަހުގެ ނިޔަލަށެވެ. އެންމެ ފަހުން އައުކުރި އެއްބަސްވުމާއި އެކު ވިނީސިއަސްގެ ރިލީސް ފީއަކީ އެއް ބިލިއަން ޕައުންޑެވެ. އެހެން ކަމުން އޭނާ އެހެން ކުލަބަކަށް ބަދަލުވާނަމަ ރިލީސް ފީއެއްގެ ގޮތުގައި އެއް ބިލިއަން ޕައުންޑްގެ ފީއެއް ދައްކަން ޖެހޭނެއެވެ.

ރެއާލް އަށް ބަދަލުވުމަށް ފަހު ކުޅުނު 170 މެޗުގައި ވިނީސިއަސް ވަނީ 37 ލަނޑު ޖަހައި ފައެވެ.

ރެއާލް އާއި އެކު ވިނީސިއަސް ދެފަހަރު ލީގު ތަށި އަދި ޗެމްޕިއަންސް ލީގަކާއި ކުލަބު ވޯލްޑްކަޕެއްގެ އިތުރުން ސްޕެނިޝް ސުޕަކަޕެއް ކާމިޔާބު ކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް