މާލޭގައި ހިންގި މާރާމާރީއެއްގައި މީހަކު ޒަހަަމް ކޮށްލައިފި

މާލޭގައި ހިންގި މާރާމާރީއެއްގައި ވަޅިން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފިއެވެ. ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ މި މާރާމާރީ ހިންގީގެ ރިޕޯތު ކޮށްފައިވަނީ މިރޭ 21:50 ހާއިރު ކަމަށެވެ. ފުލުހުންނަށް ރިޕޯ...

10 Jul 2021 | 18:53

މާލޭގައި ހިންގި މާރާމާރީއެއްގައި ވަޅިން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފިއެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ މި މާރާމާރީ ހިންގީގެ ރިޕޯތު ކޮށްފައިވަނީ މިރޭ 21:50 ހާއިރު ކަމަށެވެ. ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ގަލޮޅު ފާށަނާމަގު ކަރާ ގޯޅީގެ ތެރޭގައި ދެމީހެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި މީހަކު ޒަހަމްވެފައިވާ މައްސަލައެކެވެ.

މާރާމާރީގައި ޒަހަމްވި މީހާއަށް ހަމަލާ ދިނީ ގުރޫޕަކުން ކަމަށް މަންޒަރުދުށް މީހުން ބުނި ނަމަވެސް ފުލުހުން ބުނާ ގޮތުގައި މާރާމާރީ ހިނގީ ދެމީހެއްގެ ދެމެދުގައެވެ. ހަމަލާ އަމާޒުވި މީހާ ޒަހަމްވި ފަހުން ބޮލުގައި އަތް އަޅައިގެން މަގުމަތީގައި ހުރި ފޮޓޯތައް މީސް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

މި ހާދިސާ ފުލުހުން ތަހުގީކުރަމުންދާއިރު، "ދުވަސް" އަށް އެނގިފައިވާ ގޮތުގައި މި މާރާމާރީ ހިންގީ ވައްކަމުގެ މައްސަލައަކާއި ގުޅިގެންނެވެ.

މިމާރާމާރީގައި އަނިޔާވި މީހާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިމައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް