ވ. ރަކީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރު ކަމަށް އިންތިހާބަކައި ނުލާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ގެ ތިން ކެންޑިޑޭޓުން އިންތިހާބު ވެއްޖެ އެވެ.
ރަކީދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ފަސް މެމްބަރުން އިންތިހާބު ކުރަންޖެހެއެވެ. އެހެން ނަމަވެސް އިންތިހާބުގައި ވާދަކުރުމުގެ ސުންގަޑި ރޭ 12:00 ގައި ހަމަވިއިރު ފޯމް ހުށަހަޅާފައިވަނީ ތިން ކެންޑިޑޭޓުންނެވެ.
އެ ރަށު ޑަބްލިއުޑީސީއަށް ކުރިމަތިލާފައިވަނީ އާރިފާ މުހައްމަދު، މަރިޔަމް އަމީނާ އަދި އާމިނަތު ރަޝީދާ އެވެ. އެ ތިން ކެންޑިޑޭޓުންނަކީ ވެސް އެމްއާރުއެމްގެ ކެންޑިޑޭޓުންނެވެ.
އެހެން ކަމުން ދެން އެ ރަށީ ޑަބްލިއުޑީސީއަށް ހޮވަން ޖެހޭނީ ދެ ކެންޑިޑޭޓުންނެވެ. އެ އިންތިހާބުގައި ވާދަ ކުރުމަށް އީސީން އަނެއްކާވެސް ހުޅުވާލާނެ އެވެ.
މީގެއިތުރުން ހދ. ނޭކުރެންދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ފަރާތުން ވާދަކުރި ފާތިމަތު ފަޒްނާ ވެސް ވަނީ އިންތިހާބަކާއި ނުލައި ހޮވިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް