ރާއްޖެއިން އިތުރު 90 މީހުންނަށް ކޯވިޑް-19 ޖެހިއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު މާލެއިން ޕޮސިޓިވްވެފައިވަނީ 23 މީހުން ކަމަށެވެ. އަތޮޅު ތެރެއިން ޕޮސިޓިވްވީ 58 މީހުންނެވެ. ދެން މިއަދު ޕޮސިޓިވްވީ ރިސޯޓުތަކުން ހަ މީހުންގެ އިތުރުން ތަރައްގީ ކުރަމުންދާ ރަށްތަކުން ތިން މީހުންނެވެ.
މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 7،012 ސާމްޕަލެވެ.
މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 2،650 މީހުންނަށެވެ. އޭގެ ތެރެއިން 21 މީހުުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 72،118 މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 213 އަށް އަރާފައި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 74،993 މީހުން ޕޮސިޓިވްވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް