ފޮރިން މިނިސްޓްރީގެ ރަސްމީ އިމާރާތުގެ މަރާމާތު ނިމި އެ މިނިސްޓްރީގެ މަސައްކަތްތައް މި މަހުގެ 15 އިން ފެށިގެން އެ އިމާރާތަށް ބަދަލުކުރުމަށް ނިންމައިފިއެވެ.
އެގޮތުން ފޮރިން މިނިސްޓްރީން ބުނެފައިވަނީ އެ މިނިސްޓްރީގެ އިމާރާތް މަރާމާތުކޮށް ނިމިފައިވާތީ 11 ޖުލައި 2021 ވާ އާދީއްތަ ދުވަހުން ފެށިގެން އެ މިނިސްޓްރީގެ މަސައްކަތްތައް މިދިޔަ ދުވަސްތަކުގެ ތެރޭގައި ހިންގަމުންގެންދިޔަ ކުރީގެ އެމް.ޓީ.ސީ.ސީގެ ސޯމިލް ރިލޮކޭޝަން ބިލްޑިންގ އިން، އަލަށް މަރާމާތުކުރެވިފައިވާ މި މިނިސްޓްރީގެ ޢިމާރާތައް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
"މިނިސްޓްރީގެ މަސަތްކަތްތައް ރަސްމީކޮށް އަލަށް މަރާމާތުކުރެވުނު މިނިސްޓްރީގެ އިމާރާތުގައި ފެށުމަށް ހަމަޖެހިފައިވަނީ 15 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުއެވެ" ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
އެ މިނިސްޓްރީން ބުނެފައިވަނީ އެ މިނިސްޓްރީން ދެމުން ގެންދާ ޙިދުމަތްތައް އެމް.ޓީ.ސީ.ސީގެ ސޯމިލް ރިލޮކޭޝަން ބިލްޑިންގ އިން މިނިސްޓްރީގެ އިމާރާތަށް ބަދަލުކުރެވެމުންދާ ދުވަސްވަރުގެ ތެރޭގައި ދިވެހި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް