ހުޅުމާލޭގެ 'ފޮތް ގާޑިޔާ' އަށް ބީއެމްއެލްގެ އެހީގައި އިތުރު ފުރިހަމަކަމެއް

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ 'ފޮތް ގާޑިޔާ' އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ހަޓެއް ހަދައި އާންމުންނަށް ބޭނުންކުރެވޭނެހެން ވަނީ ހުޅުވާލާފައެވެ. މި ޕްރޮޖެކްޓް ގެ އ...

10 Jul 2021 | 14:04

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ 'ފޮތް ގާޑިޔާ' އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ހަޓެއް ހަދައި އާންމުންނަށް ބޭނުންކުރެވޭނެހެން ވަނީ ހުޅުވާލާފައެވެ.

މި ޕްރޮޖެކްޓް ގެ އަމާޒަކީ ހުޅުމާލޭގައި މިހާރު ގާއިމް ކުރެވިފައިވާ ފޮތް ގާޑިޔާ އަށް މޫސުމާއެކު ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން، ވިއްސާރައިގެ ސަބަބުން ފޮތްތަކަށް ގެއްލުންވިޔަ ނުދިނުމަށާއި ގިނަ ފަރާތްތަކަކަށް ބޭނުންކުރެވޭނެހެން މި ތަން ތަރައްގީ ކުރުމެވެ. މިގޮތުން،  ދިވެހި ހަރުގެއެއް ހެން ފަރުމާކޮށް ހިޔާވާނެގޮތް ހަދައި މި ފޮތް ގާޑިޔާގައި ހުންނަ ފޮަތްތައް ރައްކާތެރިކަމާއެކު ބެހެއްޓޭނެ އިންތިޒާމު ވަނީ ގާއިމްކޮށްފައެވެ. މިއާއެކު، އިތުރު ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް މި ހަރުގެ ބޭނުންކުރެވިގެންދާނެއެވެ. މި ގެނެވުނު ބަދަލާއެކު ފަޮތް ކިއުމަށް ކުދިބޮޑު އެންމެން އެއްވާ ތަނެއްގެ ގޮތުގައި ބޭނުންކުރުމާއި، ބުކް ކްލަބް އިންތިޒާމު ކުރުމާއި، އާޓް އެންޑް ކްރާފްޓް ސްޓޭޝަން އެއް ގޮތަށް ބޭނުންކުރުމާއި، ތައުލީމީ ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންކުރުގެ އިތުރުން ސްކޫލުތަކުގެ ކުދިން ސްކޫލު ގަޑީގައި ޒަޔާރަތްކޮށް ފޮތް ކުއުމަށް ބޭނުންކުރެވޭނެއެވެ.

ކޮމިއުނީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރީ ޗިލްޑްރަން އޮފް މޯލްޑިވްސްގެ ފަރާތުންނެވެ. އަދި ފޮތްގާޑިޔާގެ ފައުންޑަރސް ވިދާޅުވީ " ފޮތް ގާޑިޔާގެ އެންމެ ބޮޑު އެއް އަމާޒަކީ ފޮތް ކިއުމުގެ އާދަ މުޖުތަމުގައި އިތުރު ކުރުން. އެގޮތުން ތަފާތު ފޮތްތައް ލިބޭނެ އިންތިޒާމު ހަމަޖައްސާ ކުޑަ ކުދިންގެ އިތުރުން ބޮޑެތި މީހުންނަށްވެސް ބޭނުން ކުރެވޭނެހެން މި ސަރަހައްދު ގާއިމްކުރުން. މިހާރު ދިމާވާ ދަތިތަކަށް ހައްލެއް ލިބުމުގެ އިތުރުން ތަފާތު ހަރަކާތަތްތައް ހިންގުމަށްވެސް މި ތަން ބޭނުން ކުރެވިގެންދާނެ."

މި ޕްރޮޖެކްޓް ހިންގުމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެ ފަރާތުން ވަނީ ހަރުގެ އެޅުމަށް އެހީތެރިކަން ފޯރިކޮށްދިނުމުގެ އިތުރުން ބޭނުންވާނެ ބައެއް ސާމާނު ހޯދުމަށް އެހީތެރިކަން ފޯރިކޮށްދީފައެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް