އިންޑިއާގެ ގުޖުރާތުގައި ކޮލެރާ ފެތުރޭ ވާހަކަ ދޮގު ކޮށްފައި ވަނިކޮށް ބަލީގައި ފަސް މީހުން މަރުވެއްޖެ

އިންޑިއާގެ ގުދުރާތު ސްޓޭޓްގެ ބައެއް ސިޓީތަކުގައި ކޮލެރާ ފެތުރެމުން އެބަދެ އެވެ. އެންމެ ހަލުވިކަމާއި އެކު ބަލި ފެތުރެމުން ދަނީ ގުޖުރާތުގެ ކަލޯލް ސިޓީ އާއި ވަޑޮޑަރާ ސިޓީގައި އެވެ. މީގެ ހަފްތާއެއްހާ ދުވަ...

10 Jul 2021 | 10:25

އިންޑިއާގެ ގުދުރާތު ސްޓޭޓްގެ ބައެއް ސިޓީތަކުގައި ކޮލެރާ ފެތުރެމުން އެބަދެ އެވެ.

އެންމެ ހަލުވިކަމާއި އެކު ބަލި ފެތުރެމުން ދަނީ ގުޖުރާތުގެ ކަލޯލް ސިޓީ އާއި ވަޑޮޑަރާ ސިޓީގައި އެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރި މިކަން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުން މީޑިއާގައި ތިލަ ކުރުމުން ގުޖުރާތު ސަރުކާރާއި އެ ދެ ސިޓީގެ ސިއްހީ އިދާރާއިން ވަނީ ބަލި ފެތުރޭ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފައި އެވެ. އެމީހުން ބުނެފައިވަނީ ކޮލެރާ ޖެހިފައިވާ މީހުން ފެންނަމުންދާ ކަމަށާއި އެކަމަކު ކަންބޮޑުވާން ޖެހޭ މިންވަރަށް ބަލި ނެތް ކަމަށެވެ.

މި ދެ ސިޓީގެ ތެރެއިން ވަޑޮޑަރާގެ 15 ސަރަހައްދެއްގައި ދަނީ ބަލި ފެތުރެމުންނެވެ. މިހާތަނަށް ބަލީގައި ފަސް މީހުން މަރުވެފައިވާއިރު އެ އެންމެންނަކީ ކަލޯލް ސިޓީއަށް ނިސްބަތްވާ މީހުންނެވެ.

މިހާރުވެސް ކޮލޯލްގައި ކޮލެރާ ޖެހިގެން 25 މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. އަދި ވޮޑަޑަރާގައި އެއަދަދު 50 ގައި އުޅޭއިރު އެ ސިޓީގެ ހޮސްޕިޓަލްތަކުން ބުނީ ކޮންމެ ދުވަހަކު ފަހެއް ނުވަތަ ހަ މީހުން ކޮލެރާގެ އަލާމާތްތަކާއި އެކު ޑޮކްޓަރަށް ދައްކަމުންދާ ކަމަށެވެ.

އިންޑިއާގެ އާބާދީއަށް ބަލާއިރު މިއީ މަދު އަދަދަކަށް ވިޔަސް އާބާދީ ބޮޑުވުމާއި ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ކުރީ ބައި ފިޔަވަޅު ނާޅައިފި ނަމަ ވަރަށް އަވަހަށް ބަލި ފެތުރުމުގެ ފުރުސަތު އޮވެ އެވެ.

ބަލީގައި މީހުން މަރުވާން ފެށުމާއި އިންޑިއާގެ ހޯމް މިނިސްޓަރު އަދި ލޮކްސަބާގައި އެ ދެ ސިޓީ ހިމެނޭ ޗަންދީގަރު ތަމްސީލް ކުރައްވާ އަމިތް ޝާހު ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އެޅުމަށް ފޯނު މެދުވެރިކޮށް އެ ސިޓީގެ ކަމާ ބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ. އަދި ބަލި ޖެހިފައިވާ މީހުންނަށް އެކަށީގެންވާ ސިއްހީ ފަރުވާ ކަށަވަރު ކޮށްދިނުމަށް އަންގާފައިވާނެ ކަމަށް އަމިތް ވިދާޅުވެފައިވެ އެވެ.

އާންމުންގެ މެދުގައި ކޮލެރާ ފެތުރެން ފެށީ މުނިސިޕަލް ކައުންސިލުން ދޫކުރާ ސަޕްލައި ފެނުންނެވެ. އެ ސިޓީތަކުގެ މުނިސަޕް ކައުންސިލުން ވަނީ އާންމުންނަށް ދޫކުރާ ސަޕްލައި ފެނުގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމުގެ ޔަގީންކަންދީ އެ ވާހަކަތައް ދޮގުކޮށްފައި އެވެ.

އެކަމަކު ސިއްހީ އިދާރާތަކުން ސަޕްލައި ފެނުގެ ދިރާސައެއް ހަދައި މައްސަލައެއް އުޅޭކަމަށް ބުނެފަ އެވެ. އެކަމަކު ރައްޔިތުންނަށް ދޫކުރަމުންދާ ފެނުގައި ކޮލެރާގެ އެއްވެސް ނިޝާނެއް ނެތް ކަމަށް ބުނެފައިވެ އެވެ.

ކޮލެރާއަކީ ތަގައްޔަރުވެފައިވާ ފެނުގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ. ބަލި ޖެހުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ބޭރަށް ހިންގުމާއި ހޮޑުލެވުން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް