ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އަށް ފުރަން ގޮސް ހުރި ޓޫރިސްޓެއްގެ އަތުން ވަޒަން ތަކެއް ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައްސަލައިގެ ރިޕޯޓު ކޮށްފައިވަނީ މިއަދު 9:52 ގައި ކަމަށެވެ. ވަޒަންތައް ފެނިފައިވަނީ އެމީހާ ގެންގުޅުނު ދަބަހުގެ ތެރެއިންނެވެ.
ވަޒަންތައް ފެނިފައިވަނީ އުމުރުން 60 އަހަރުގެ ނަމީބިއާ ފިރިހެނެއްގެ އަތުންނެވެ.
މި މައްސަލައިގަ އިތުރު ތަފްސީލް އަދި ހާމައެއް ނުކުރެ އެވެ.
ގިނަ ބަޔަކު ދަނީ އޭނާ އެ ވަޒަންތައް ރާއްޖެ އެތެރެ ކުރި ގޮތާއި ބެހޭ ގޮތުން ސުވާލު އުފައްދަމުންނެވެ.
ފުލުހުން ބުނީ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް