ރައްޔިތުންގެ މަޖިލީހުގެ ގައުމި ސަލާމަތާއި ބެހޭ ކޮމިޓީ (241) ކޮމިޓީން ތައްޔާރު ކުރި އިންކުއަރީ ރިޕޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަދި ލިބިވަޑައިގެންފައި ނުވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާޏު މުހައްމަދު މަބްރޫކް ވިދާޅުވީ ރަސްމީކޮށް ރައީސްއަށް އެ ރިޕޯޓު މަޖިލީހުން ފޮނުވާފައި ނުވާ ކަމަށެވެ. އެހެންނަމަވެސް މަޖިލީހުން އާއްމުކޮށްފައިވާ ރިޕޯޓް ކަމާއިގުޅޭ އިދާރާތަކުން ދިރާސާކުރަމުންދާ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.
ބެލެވޭ ގޮތުގުައި ރިޕޯޓު ފޮނުވާނީ މާދަމާ ސަރުކާޜު ހުޅުވުމުންނެވެ.
އެއީ އެ ރިޕޯޓު މަޖިލީހުން ފާސްކުރި ޖަލްސާ ބާއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ކަމަށްވާތީ އެވެ. އެ ރޭ އެ ރިޕޯޓު ފާސްކޮށް މަޖިލީހުގެ ޖަލްސާ ނިންމާލީ ފަތުހު4:00 ހާއިރު އެވެ.
މަޖިލީހުން ފާސްކުރި ރިޕޯޓަށް އެއްވެސް އުނި އިތުރުކަމެއް ނުގެސް، ދައުލަތުގެ ތިން ބާރުގެ އެންމެ އިސްވެރިންނާއި ހިއްސާކުރައްވާނެކަމަށް މަޖިލީހުގެ ރިޔާސަތުން ވަނީ ހާމަކޮށްފަ އެވެ. އެކަމަކު ރިޕޯޓު އާންމު ކުރާނީ ސަލާމަތާއި ގުޅުން ހުރި ބައިތަން އުނި ކުރުމަށް ފަހު އެވެ.
241 ކޮމިޓީން ތައްޔާރުކުރި އިންކުއަރީ ރިޕޯޓްގައި ރައީސް ނަޝީދަށް ދިން ހަމަލާއާއި އެމަނިކުފާނަށް ދެއްވަމުންދާ ސެކިއުރިޓީގެ ކަންކަން ދިރާސާކޮށްފައިވާ އިރު، އެކަމާއި ގުޅިގެން ދައުލަތުގެ އިދާރާތަކުން އިސްލާހުކުރުމަށް މަޖިލީހަށް ފެންނަ 45 ކަމެއްވެސް މި ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް