ކުޅުދުއްފުށީގައި ގަވާއިދާ ޚިލާފަށް އާންމު ސަރަހައްދުތަކަށް ދޫކޮށްފައި ހުރި ވެހިކަލްތައް ނަގަނީ

ގަވާއިދާ ޚިލާފަށް، ކުޅުދުއްފުށީ ސިޓީގެ މަގުތަކާއި އާންމު ސަރަހައްދުތަކަށް، ބޭނުންނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތަކާއި އުޅަނދުތަކުގެ ބައިތައް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނަގަން ފަށައިފިއެވެ. މިތަކ...

10 Jul 2021 | 08:28

ގަވާއިދާ ޚިލާފަށް، ކުޅުދުއްފުށީ ސިޓީގެ މަގުތަކާއި އާންމު ސަރަހައްދުތަކަށް، ބޭނުންނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތަކާއި އުޅަނދުތަކުގެ ބައިތައް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނަގަން ފަށައިފިއެވެ.

މިތަކެތި ނަގަން ފަށާފައިވަނީ މިތަކެތި 10 ދުވަސް ތެރޭ ނަގަން އާންމުކޮށް އަންގާ މިދިޔަ މަހު 27 ވަނަ ދުވަހު އިއުލާން ކުރުމަށްފަހުއެވެ.

10 ދުވަސްތެރޭގައި އެ ތަކެތި ނުނަގައިފިނަމަ އެންގުމަކާ ނުލައި އެތަކެތި ނަގައި ނައްތާލާނެކަން އަންގާފައިވާ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ. އެއްގަމު ދަތުރުފަތުރުގެ ޤާނޫނާ ޚިލާފަށް އާންމު ތަންތަނާއި މަގުތަކުގައި ބަހައްޓާފައި ހުރި ގިނަ ދުވަސްވީ އުޅަނދުތަކާއި ބައިތައް ނެގުމުގެ މަސައްކަތްކުރަނީ ފުލުހުންނާ ގުޅިގެންނެވެ.

ކައުންސިލުން ބުނީ މި މަސައްކަތަކީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް