ކޯވިޑް-19އާ ގުޅިގެން ރ. އަތޮޅަށް މަންދޫބަކު ކަނޑައެޅުއްވީ ނަމަކަށް: ރައްޔިތުން

ކޯވިޑް-19އާ ގުޅިގެން ރ. އަތޮޅަށް މަންދޫބަކު ކަނޑައެޅުއްވީ ނަމަކަށްތޯ އެ އަތޮޅުގެ ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފިއެވެ. އާންމުން މި ގޮތަށް ސުވާލު އުފައްދަމުންދާއިރު އެ އަތޮޅުގެ ކޯވިޑް-19ގެ ހާލަތު...

10 Jul 2021 | 07:23

ކޯވިޑް-19އާ ގުޅިގެން ރ. އަތޮޅަށް މަންދޫބަކު ކަނޑައެޅުއްވީ ނަމަކަށްތޯ އެ އަތޮޅުގެ ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފިއެވެ.

އާންމުން މި ގޮތަށް ސުވާލު އުފައްދަމުންދާއިރު އެ އަތޮޅުގެ ކޯވިޑް-19ގެ ހާލަތު ގާތުން ބެއްލެވުމަށް ރައީސުލްޖުމުޙޫރިއްޔާ އިބްރާހިމް މުހައްމަދު ޞަލިޙް ކަނޑައެޅުއްވި މަންދޫބު، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ހާޝިމް ރ. އަތޮޅުގެ ކަންކަމުގައި އަޅާނުލައްވާ ކަމަށް ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް ވެސް ވަނީ ވިދާޅުވެފައެވެ.

ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް ވިދާޅުވީ، މުޙައްމަދު ހާޝިމް އެ ކަމަށް ކަނޑައެެޅުއްވިތާ ކުރީކޮޅު ގަވާއިދުން ކަންކަން ބެއްލެވި ނަމަވެސް، ފަހުން އަޅާނުލެއްވި ކަމަށެވެ.

އެ ގޮތުން އަތޮޅުގެ ކަންކަން ބެއްލެވުމަށް ކައުންސިލާ ނުގުޅުއްވާތާ 22 ދުވަސް ފަހުން ދާދި ފަހުން ގުޅުއްވިކަމަށް އޭނާ ވިދާޅުވިއެވެ.

ހާޝިމަށް މަންދޫބުގެ މަސްއޫލިއްޔަތު ހަވާލުކުރެއްވި ފަހުން އަތޮޅުގެ ކޯވިޑް-19ގެ ހާލަތު ދެނެގަނެ ހޯދުމަށް އެކުލަވާލި ކޮމިޓީއާއި ބައްދަލުކުރެއްވުމަށް ހާޝިމް ބޭނުންވެލެއްވި ދުވަހު ބުނުއްވި ގަޑީގައި މީޓިންގ ހަމަޖެއްސެވުމުންވެސް ބައްދަލުވުމުގައި ބައިވެރިވެލައްވާފައި ނުވާކަމަށްވެސް ނާސިފް ވިދާޅުވިއެވެ.

ރ. އަތޮޅު ކޯވިޑްގެ ހާލަތު އަދިވެސް ރަނގަޅުވެފައިވާ ނުވާއިރު އަލިފުއްޓާއި މީދޫ، ފައިނު އަދި ދުވާފަރުވެސް އޮތީ މޮނިޓަރިންގ ހާލަތުގައެވެ. މި ރަށްރަށަށް އަރައިނުފޭބޭ ހާލަތުގައި އޮތް ނަމަވެސް މަންދޫބުގެ ފަރާތުން އަޅާލުމެއް ނުލިބޭތީ ރައްޔިތުން ތިބީ މާޔޫސްވެފައެވެ،

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް