4 ފުރޮޅުލީ އުޅަނދު ޕާކު ކުރަން ހާއްސަ 211 ޖާގައަށް ކުރިމަތިލާން ހުޅުވާލައިފި

4 ފުރޮޅުލީ އުޅަނދު ޕާކު ކުރުމަށް ހާއްސަ 211 ޖާގައަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. މާލެ ސިޓީ ކައުންސިލުން ބުނީ، މި 211 ޖާގައަކީ 350 ކިލޯގެ ޕިކަޕާއި، ކާރާއި އަދި ވޭން ޕާކުކުރުމަށް ހާއްސަކޮށްފައިވާ...

10 Jul 2021 | 06:43

4 ފުރޮޅުލީ އުޅަނދު ޕާކު ކުރުމަށް ހާއްސަ 211 ޖާގައަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، މި 211 ޖާގައަކީ 350 ކިލޯގެ ޕިކަޕާއި، ކާރާއި އަދި ވޭން ޕާކުކުރުމަށް ހާއްސަކޮށްފައިވާ ޖާގަތަކެއް ކަމަށެވެ.

މި ޖާގަތަކަކީ މާލޭގެ އެކި ސަރަހައްދުތަކުން ދޫކުރުމަށް ހަމަޖެހިފައިވާ ޖާގަތަކެކެވެ. އެގޮތުން 10 ސަރަހައްދަކުން ޖާގަ ދޫކުރުމަށް ވަނީ ނިންމާފައެވެ.

ޖާގަ ދޫކުރުމަށް ނިންމާފައި ވަނީ، މައްޗަންގޯޅި ވައިދެރިހިނގުން. (އަމީނީމަގާއި ކުރެދިގޯޅިއާއި ދެމެދު) - 44 ޖާގަ، މައްޗަންގޯޅި ރާދަފަތިހިނގުން. (އަމީނީމަގާއި ފަޅުމަތީމަގާއިދެމެދު) - 21 ޖާގަ، މައްޗަންގޯޅި ކުރެދިގޯޅި - 10 ޖާގަ، މައްޗަންގޯޅި ހުދުފަޅުހިނގުން - 8 ޖާގަ، މާފަންނު ހިލާލީމަގު (އަމީނީމަގުން ފެށިގެން ދެކުނު އިރުމަތީފަޅި) - 20 ޖާގަ، މާފަންނު ހިލާލީމަގު (އަމީނީމަގު އިރުމަތީ ފަޅި ނުވަތަ ސްޓޭޑިއަމް ފަޅި) - 10 ޖާގަ، ސަލާހުއްދީން ޕާކިން - 10 ޖާގަ، ހެންވޭރު އާޓިފިޝަލް ބީޗް ޕާރކިންގ (ޗައިނާ އެމްބަސީ ކުރިމަތީގައި) - 24 ޖާގަ، ހެންވޭރު އަލިމަސް ކާނިވާ ސަރަހައްދު - 6 ޖާގަ އަދި ހެންވޭރު ސަލްމާން މިސްކިތު ސަރަހައްދު - 58 ޖާގަ އެވެ.

ނަމަވެސް، މީގެ ތެރެއިން އާޓިފިޝަލް ބީޗް ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ 24 ޖާގަ ހާއްސަކޮށްފައި ވަނީ ހަމައެކަނި ޕްރައިވެޓް ކާރުތަކަށެވެ.

ޕާކު ކުރުމަށް ހާއްސަ ޖާގަތަކެއް ދޫކުރުމަށް ސިޓީ ކައުންސިލުން އިއުލާންކޮށްފައި މިވަނީ މާލޭ އިންޑަސްޓްރިއަލް ވިލެޖް ހުސްކުރުމަށް ނިންމާފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް