ނަޝީދުގެ ކާރުގެ ދަށުގައި ވެސް ގޮވާއެއްޗެއް ހަރުކޮށްފައިވާ ކަމުގެ ތުހުމަތު!

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި 19 ވަނަ ދައުރުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް އެމަނިކުފާނުގެ ކާރުގެ ދަށުގައި ވެސް ގޮވާއެއްޗެއް ހަރުކުރި ކަމަށް އެމަނިކުފާނުގެ ކޮއް...

10 Jul 2021 | 06:40

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި 19 ވަނަ ދައުރުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް އެމަނިކުފާނުގެ ކާރުގެ ދަށުގައި ވެސް ގޮވާއެއްޗެއް ހަރުކުރި ކަމަށް އެމަނިކުފާނުގެ ކޮއްކޮ ނާޒިމް ސައްތާރު ތުހުމަތު ކޮށްފިއެވެ.

ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކާރުގެ ދަށުގައި ވެސް ގޮވާއެއްޗެއް ހަރުކުރި ކަމަށާއި ނަމަވެސް ކަންދިމާކުރި ގޮތުން އެއްޗެއް ނުގޮވީ ކަމަށެވެ.

"މިހާރު އެނގިއްޖެ. ކާރު ދަށުގައި ނުގޮވާ އެއްޗެއް ހަރުކޮށްފައި އޮތީ." ނާޒިމް ވިދާޅުވިއެވެ. އޭނާގެ ޓްވީޓްގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވެސް ޓެގް ކުރައްވާފައި ވެއެވެ.

https://twitter.com/nazimsat/status/1413506977959878659

މެއި 06 ވަނަ ދުވަހުގެ ރޭ ދިން ހަމަލާއަށް ފަހު އެމަނިކުފާނުގެ ކާރުގެ ސީން ބެލުމުގެ ތެރޭގައި ނަޝީދަށް ޚާއްޞަކޮށްފައިވާ ކާރުކޮޅުގެ ދަށުން ދެ އިންޗި ނުވަތަ ތިން އިންޗި ވަރުގެ ޕްލާސްޓިކު ގަނޑެއް ފުލުހުންނަށް ފެނިފައިވާ ކަމަށް މަޖިލީހުގެ އިންކްއަރީ ރިޕޯޓްގައި ބުނެފައި ވެއެވެ.

ނަމަވެސް، އެއީ ގޮވާ އެއްޗެއް ކަމެއް ނުވަތަ ނޫން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް