ވަރީގެ މައްސަލައިގާ ޝިދާތާ ހަނު !

ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފާއި ފިލްމީތަރި އަހްމަދު ޒިޔާއު (ޒިޔާ) ގެ ކައިވެނި ނިމުމަކަށް ގެނައުމުގެ ދަތުރު ޝިދާތާ ފަށާފައިވާކަން އިއްޔެ ދުވަހުން ގެނެސްދީފައިވާއިރު މި މައްސަލައިގާ ޝިދާތާ މީޑ...

10 Jul 2021 | 05:28

ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފާއި ފިލްމީތަރި އަހްމަދު ޒިޔާއު (ޒިޔާ) ގެ ކައިވެނި ނިމުމަކަށް ގެނައުމުގެ ދަތުރު ޝިދާތާ ފަށާފައިވާކަން އިއްޔެ ދުވަހުން ގެނެސްދީފައިވާއިރު މި މައްސަލައިގާ ޝިދާތާ މީޑިއާއަށް "ހަނު ހުރުން" ހިޔާރުކޮށްފިއެވެ.

އެގޮތުން މި ވާހަކައާއި ގުޅޭގޮތުން އެއްވެސް މީޑިއާއަކަށް މައުލޫމާތު ނުދޭން ޝިދާތާ ނިންމާފައިވާކަމުގެ މައުލޫމާތު ދުވަހަށް ވަނީ ލިބިފައެވެ. މިކަމުގައި ކޮމެންޓެއް ހޯދާލަން ޝިދާތާއަށް ގުޅަން ފާއިތުވި ދެ ދުވަހު ކުރި މަަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެެފައެވެ.

ޝިދާތާ އާއި ޒިޔާގެ ކައިވެނި ނިމުމަކަށް ގެނައުމުގެ ދަތުރު ޝިދާތާ ފަށާފައިވާއިރު ޒިޔާ ބުނަނީ އަދި ވަރި ނުކުރާ ކަމަށާއި ޝިދާތާއަކީ އޭނާގެ ހަލާލު އަނބިމީހާ ކަމަށެވެ. ނަމަވެސް ކޯޓުގައި މައްސަލައެއް ވާކަމާމެދު ޒިޔާވެސް ދެކޮޅެއް ނަހަދައެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ވަރިވާން ކޯޓަށް މައްސަލަ ހުށަހެޅީ ޝިދާތާއެވެ. ޝިދާތާ ޒިޔާ ކައިރިން ވަރިވާން މަސައްކަތް ފަށާފައިވަނީ ސީދާ ކޮން ސަބަބަކާއި ކަން ސާފު ނުވި ނަމަވެސް ވަރީގެ މި މައްސަލަ މިހާރު އޮތީ ނިންމުމާއި ހަމައިގައެވެ.

ޝިދާތާއާއި ޒިޔާގެ ކައިވެނިކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގައެވެ. މި ކައިވެންޏަކީ ގިނަ ބައެއްގެ ސަމާލުކަމެއް ލިބިގެންދިޔަ ކައިވެންޏެކެވެ. ގިނަ ބަޔަކަށް ސިހުން ގެނުވި މި ކައިވެންޏަށް އަދި ވީ ހަތަރު މަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް