އައްޑޫ ސިޓީ ހިތަދޫގައި ދެ ސައިކަލުޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދެ ސައިކަލުޖެހި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 9:10 ހާއިރު ހިތަދޫ ލިންކްރޯޑް ކަސްޓޯޑިއަލް ކައިރިން ކަމަށެވެ.
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާވެފައި ވީނަމަވެސް އެއްވެސް މިޙެއްގެ ހާލު ސީރިއަސް ނޫންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި މި އެކްސިޑެންޓްގައި ޒަޚަމްވެފައި ވަނީ ބިދޭސީ 02 އަންހެނުނާއި ދިވެހި ފިރިހެނެކެވެ.
މިރޭ ހިނގި މި އެކްސިޑެންޓްގައި ޒަޚަމްވި 03 މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް