އދގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައިގާ ސަރުކާރުން ދޭންޖެހޭ ޖަވާބު މިއަދު ދިނުމުން ރައީސް މައުމޫން، ހާރިޖީ ވަޒީރު ދުންޔާ މައުމޫނަށް ތަހުނިޔާ ދަންނަވައިފި އެވެ.
މިކަމާ ގުޅޭގޮތުން ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދު ކޮށްފައިވާ ތުހުމަތުތަކަށް އެކަށީގެންވާ ފުރިހަމަ ޖަވާބެއް ދެއްވާފައިވާތީ ހާރިޖީ ވަޒީރު ދުންޔާ އަށާއި އެމްބެސެޑަރު ޝިއާން އަށް ތަހުނިޔާ ދަންނަވާ ކަމަށެވެ.
https://twitter.com/maumoonagayoom/status/619536994524266496
އެ މައްސަލައިގާ އދ އަށް ރާއްޖެއިން ޖަވާބުދާރީވެފައިވަނީ މިއަދު އެވެ. ޖަވާބުގެ ލިޔެކިޔުންތައް އެ ގުރޫޕާ ހަވާލުކުރެއްވީ ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅާފައި ހުންނަވާ ޝަފީރު އަހުމަދު ޝިއާން އެވެ.
އެ ގްރޫޕަށް ލިޔުންތައް ހަވާލުކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިއާން ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ކުރެވުނު ދައުވާއަކީ ޝަރީއީ ކޯޓުގެ ފަނޑިޔާރަކު ގަދަކަމުން ފޮރުވުމުގެ ކުށުގައި ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރެވުނު ދައުވާއެއް ކަމަށާއި އެއީ ސިޔާސީ ދައުވާއެއް ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް