އަސްކަރިއްޔާގެ ތިންވަނަ ޤުރުއާން މުބާރާތް މިއަދު ފަށައިފި

ރަމަޟާން މަހަށް ޚާއްޞަކޮށްގެން އެމްއެންޑީއެފުން ބާއްވަމުން އަންނަ ދިވެހި އަސްކަރިއްޔާގެ ތިންވަނަ ޤުރުއާން މުބާރާތް މިއަދު ފަށައިފިއެވެ. ކަޅުތުއްކަލާކޮށީގައި ކުރިއަށްދާ މި ޤުރުއާން މުބާރާތުގެ ފެށުމުގެ ...

10 Jul 2015 | 11:46

ރަމަޟާން މަހަށް ޚާއްޞަކޮށްގެން އެމްއެންޑީއެފުން ބާއްވަމުން އަންނަ ދިވެހި އަސްކަރިއްޔާގެ ތިންވަނަ ޤުރުއާން މުބާރާތް މިއަދު ފަށައިފިއެވެ.

ކަޅުތުއްކަލާކޮށީގައި ކުރިއަށްދާ މި ޤުރުއާން މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ލެފްޓިނެންޓް ކާނަލް ރިޓަޔަރޑް ޙަސަން ޔޫސުފްއެވެ. ޖުމުލަ 101 ފަރާތަކާއެކު ފެށި މިމުބާރާތުގައި ފަސް ކެޓަގަރީއަކުން ބައިވެރިން ވާދަކުރާއިރު، އޭގެ ތެރޭގައި އަށް އަހަރުން ދަށް، 12 އަހަރުން ދަށް، 16 އަހަރުން ދަށް، 18 އަހަރުން ދަށް އަދި 18 އަހަރުން މަތި ހިމެނެއެވެ. މިއިން ކޮންމެ ކެޓަގަރީއަކުންވެސް ހިތުން ކިޔެވުމުގެ ބަޔާއި، ބަލައިގެން ކިޔެވުމުގެ ބައި ހިމެނެއެވެ. ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި ސިފައިންނާއި، ސިފައިންގެ ޢާއިލާތަކުން އަދި ކުޑަކުދިންގެ ހިޔާގެ ދަރިވަރުން ބައިވެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ މާދަމާގެ ނިޔަލަށް ކުރިއަށްދާނެ މިމުބާރާތް އިންތިޒާމްކޮށް ކުރިއަށްގެންދަނީ ދިވެހި ސިފައިންގެ ކުލަބުން ކަމަށެވެ. އަދި މި މުބާރާތުގެ އެއްވަނައަށް އަންނަ ފަރާތަކަށް އުމްރާ ދަތުރެއް ދިނުމަށް ނިންމާފައި ވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް