ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއެކު ހުޅުމާލެއިން 02 މީހަކު ހައްޔަރު ކޮށްފި

ކޯޓް އަމުރެއްގެ ދަށުން ހުޅުމާލޭގެ ގެއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 02 މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަސްތުވާތަކެތީގެ މި މައްސަލައާއި ގުޅިގެނ...

10 Jul 2015 | 11:22

ކޯޓް އަމުރެއްގެ ދަށުން ހުޅުމާލޭގެ ގެއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 02 މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަސްތުވާތަކެތީގެ މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައި ވަނީ 19 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާ އެ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 34 ރަބަރު ޕެކެޓް ފެނިފައިވާކަމަށެވެ.

މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 02 މީހުންގެ ތެރެއިން 19 އަހަރުގެ މީހާއަކީ ތަފާތު އެކި ކަންކަމާއި ގުޅިގެން 83 ފަހަރު ހުއްޓުވާ ސުވާލުކޮށް، 03 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށްގެނެސް އެއްފަހަރު ހައްޔަރު ކޮށްފައިވާ މީހެއް ކަމަށެވެ.

މީގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 23 އަހަރުގެ މީހާއަކީ ތަފާތު އެކި ކަންކަމާއި ގުޅިގެން 61 ފަހަރު ހުއްޓުވާ ސުވާލުކޮށް، 13 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށްގެނެސް 06 ފަހަރު ހައްޔަރު ކޮށްފައިވާ މީހެއް ކަމަށާއި އޭނާ ގެ މައްޗަށް ތުޙުމަތު ކުރެވޭ 05 މައްސަލައެއްގެ ތަޙުޤީޤު ނިންމާ ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށްވެސް ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް