އދގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައިގާ ސަރުކާރުން ދޭންޖެހޭ ޖަވާބު މިއަދު އެ ގްރޫޕާ ހަވާލުކޮށްފި އެވެ.
އެ ޖަވާބުގެ ލިޔުންތައް އެ ގްރޫޕާ ހަވާލު ކޮށްދެއްވީ ޔޫރަޕިއަން ޔޫނިއަން އަށް ކަނޑައަޅުއްވާފައި ހުންނަވާ ޝަފީރު އަހުމަދު ޝިއާން ކަމަށެވެ.
އެ ގްރޫޕަށް ލިޔުންތައް ހަވާލުކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިއާން ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ކުރެވުނު ދައުވާއަކީ ޝަރީއީ ކޯޓުގެ ފަނޑިޔާރަކު ގަދަކަމުން ފޮރުވުމުގެ ކުށުގައި ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރެވުނު ދައުވާއެއް ކަމަށާއި އެއީ ސިޔާސީ ދައުވާއެއް ނޫން ކަމަށެވެ.
މި ޕްރެސް ކޮންފަރެންސްގައި އޮމްނިއާ ސްޓެޓަޖީގެ ޕާޓްނަރު މރ.ޓޮބީ ކެޑްމަންވެސް ބައިވެރިވެވަޑައިގަތްކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
އެ ބައްދަލުވުމުގައި ކެޑްމަން ވިދާޅުވީ ރާއްޖޭގެ ކުރީގެ ރައީސް ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ގަދަކަމުން ފޮރުވުމަކީ ރާއްޖޭގެ ގާނޫނުތަކުގައި ވާގޮތުން ވަރަށް ބޮޑު ކުށެއް ކަމަށާއި އަދި ދުނިޔޭގެ ގިނަ ގައުމުތަކުގައިވެސް އެއީ ހަމަ ވަރަށް ބޮޑެތި އަދަބު ލިބޭ ކުށެއް ކަމަށެވެ.
އެހެންނަމަވެސް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ޕެޓިޝަންގައިވާގޮތުން ފަނޑިޔާރު ގަދަކަމުން ފޮރުވުމަކީ މާބުރަދަނެއް ހުރިކަމެއް ކަމެއްކަމަށް ނުވާގޮތަށް ސިފަ ކުރައްވާފައި ވާކަމަށާއި އަދި ވޯކިން ގްރޫޕަށް ރައީސް ނަޝީދުގެ ސަބްމިޝަންގައި ކަންހިނގާދިޔަ ގޮތާ ހިލާފު މައުލޫމާތު ހިމަނާފައިވާ ކަމަށްވެސް ޓޮބީ ހާމަ ކުރެއްވި އެވެ.
އެ ބައްދަލުވުމުގައި ޓޮބީ އިތުރަށް ވިދާޅުވީ ގާނޫނު ނަގަހައްޓަން ޖެހޭނީ އެންމެނަށް ހަމަހަމަކަމަށް ކަމަށާއި އަދި ޑިމޮކްރެސީ އޭގެ ފުރިހަމަގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި ދުސްތޫރީ ވެރިކަން ދަމަހައްޓަންޖެހޭނެ ކަމުގައާއި ހަމަ ކޮންމެ ރައްޔިތަކުވެސް ގާނޫނުގެ ކުރިމަތީގައި ހަމަހަމަވާނެކަމަށެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް