ފަސްފުޅި ބަނގުރަލާއެކު ހުޅުމާލެއިން ދެ ބިދޭސީން ހައްޔަރުކޮށްފި އެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ސްރީލަންކާ އަދި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށެވެ.
ފުލުހުން ބުނީ ރޭ 8:05 ހާއިރު ހާއިރު ހުޅުމާލެ ސުނާމީ ޖެޓީ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލުމުގައި ޙަރަކާތްތެރިވި ފުލުހުންނަށް މި ދެ ބިދޭސީން ފެނިގެން އެ ދެ މީހުންގެ އަމަލުތައް ހުރިގޮތުން ފާރަލަމުން ދަނިކޮށް ބަނގުރާކަމަށް ބެލެވޭ ފަސް ފުޅި ކޮތަޅަކަށް ލައިގެން ހިނގާފައި ދަނިކޮށް އެސަރަޙައްދުން އެމީހުން ވަނީ ހުއްޓުވި ކަމަށެވެ.
އެމީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މީގެ ތެރެއިން އެކަކުގެ އަތުގައި އޮތް ކޮތަޅެއްގެ ތެރޭގައި BEEFEATER ބްރޭންޑްގެ ލަންޑަން ޑްރައި ޖިން ހަތަރު ފުޅިއާއި BACARDI SUPERIOR ބްރޭންޑްގެ ޕޮއޭޓޮރީކަން ރަމް އެއް ފުޅި ފެނުނުކަމަށް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް