ފާރަގެމަ ބޭނުންކޮށްގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި އަންހެނަކާއި ހަ ފިރިހެނުން ހައްޔަރުކޮށްފި

ފާރަގެމަ ބޭނުންކޮށްގެން މާލޭގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހަތް މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މއ.ގަޖުރާގެ ބަލާ ފާސްކުރީ ...

10 Jul 2015 | 09:18

ފާރަގެމަ ބޭނުންކޮށްގެން މާލޭގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހަތް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މއ.ގަޖުރާގެ ބަލާ ފާސްކުރީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރޭ އިރާކޮޅު، 21:40 ހާއިރު ކަމަށެވެ.

މި އޮޕަރޭޝަންގައި އެ ގެ ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 61 ސެލޯފިންކޮޅާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިން ގަނޑެއްގެ އިތުރުން ވީޑް ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކިރުމަށް ބޭނުން ކުރެވިދާނެ ކައްޓާއަކާއި ދެ ޖުވާ ކުޅިބައިގެ އިތުރުން މަސްނޫއީ ފިރިހެން ހައްޓެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އަންހެނަކާއި ހަ ފިރިހެނުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް