މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ޙައްޖުވެރިންގެ ފަހު ގްރޫޕް މިއަދު ފުރައިފިއެވެ.
މިއަދު ފުރި ގްރޫޕުގައި 150 ޙައްޖާޖީއަކު ދަތުރުކޮށްފައިވެއެވެ.
މިއަދު ފަހު ގްރޫޕް ފުރާފައިވާއިރު ދިވެހިން މި އަހަރު ޙައްޖަށް ގޮސްފައިވަނީ ހަތަރު ގްރޫޕަކަށް ބަހާލެވިގެންނެވެ. އެގޮތުން ފުރަތަމަ ގްރޫޕް މިދިޔަ މަހުގެ ފަހު ދުވަހު ފުރިއިރު ދެވަނަ ގްރޫޕް ފުރީ މި ޖޫން މަހުގެ ތިންވަނަ ދުވަހުގައެވެ. އަދި ތިންވަނަ ގްރޫޕް ފުރީ މިދިޔަ ހުކުރު ދުވަހުގައެވެ.
މި އަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރަން 1150 ޙައްޖާޖީއަކު ދަތުރުކުރަނީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.
ޙައްޖުވެރިންގެ އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގެންނެނެވީ ތަޢުލީމީ ވުޒާރާގެ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް