ލިޔެކިޔުންތަކަށް ބަލާއިރު އެމީހާ ޝަރުތު ހަމަވޭ – އެއީ ކޮވިޑު ހާލަތުގެ ފަގީރުންގެ ލިސްޓުގައިވާ ފަރާތެއް: ވަޒީރު ޝަހީމް

ރަނގަޅު އާމްދަނީއެއް ލިބެމުން އަންނަ މީހަކު ދަޢުލަތުގެ ޚަރަދުގައި ޙައްޖު ކޯޓާގައި ގުރުއަތުން ހޮވި ހޮވުމާއިމެދު އާންމުން ފާޅުކުރަމުން އަންނަ ކަންބޮޑުވުންތަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙ...

10 Jun 2024 | 11:27

ރަނގަޅު އާމްދަނީއެއް ލިބެމުން އަންނަ މީހަކު ދަޢުލަތުގެ ޚަރަދުގައި ޙައްޖު ކޯޓާގައި ގުރުއަތުން ހޮވި ހޮވުމާއިމެދު އާންމުން ފާޅުކުރަމުން އަންނަ ކަންބޮޑުވުންތަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ޖަވާބު ދެއްވައިފިއެވެ.

އެގޮތުން ވަޒީރު ވިދާޅުވީ އޭނާގެ ފައިލް ވަޒީރު ބެއްލެވި ކަމަށާއި އެއީ ކޮވިޑުގެ ހާލަތުގައި ފަގީރުންގެ ދަފްތަރަށް އިތުރުކުރެވިގެންދިޔަ ފަރާތެއް ކަމަށެވެ. އަދި ލިޔެކިޔުންތަކަށް ބަލާއިރު ފަގީރުންގެ ދަފްތަރުގައި އޭނާ ހިމެނުމަށް އޭރުގެ ހާލަތުގައި ހުރިހާ ޝަރުތެއް ހަމަވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މީހަކު މަޝްހޫރުކޮށް ފެނުމަކީ އަދި އެމީހާ މުއްސަނދިވުމުގެ ހެއްކެތް ނޫން، އިއްޔެ މުއްސަނދިކޮށް ހުރި މީހަކު މިއަދު ފަގީރުވެދާނެ، މިއަދު ފަގީރުކޮށް ހުރި މީހަކު މާދަމާ މުއްސަނދިވެދާނެ" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެއްވެސް މީހެއްގެ ހައްގަށް އުނިކަން ލިބޭގޮތަށް ވާހަކަދެއްކުން ރަނގަޅު ނޫން ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ އާ އުސޫލުތަކާއެކު ފަގީރުންގެ ދަފްތަރު މުރާޖައާ ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް