ދިވެހި ޙައްޖުވެރިއަކަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާދެމުން އަންނަކަމުގައި އިސްލާމީ ކަންތައްތަކާއިބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޝަހީމް ވިދާޅުވީ އެ ޙައްޖުވެރިޔާއަށް މިހާރު ފަރުވާދެމުން އަންނައިރު ހާލު ރަނގަޅު ކަމަށެވެ. އަދި އެ މަޢުލޫމާތު އެ ޙައްޖުވެރިޔާގެ ޢާއިލާއާއި ހިއްސާ ކުރެވިފައިވާނެކަމަށެވެ.
ޝަހީމް މިހެން ވިދާޅުވެފައިވާއިރު މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ދިވެހީންގެ ތެރޭގައި ގާތްގަނޑަކަށް 50 އެއްހާ މީހުންނަކީ ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުން އަންނަ ފަރާތްތައް ކަމުގައި ޙައްޖު ކޯޕަރޭޝަނުން ކުރިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް