19 ވަނަ މަޖިލީހުން ރުހުން ނުދިން ވަޒީރުންނަށް ރުހުން ދީފި

19 ވަނަ މަޖިލީހުގައި ރުހުން ނުދިން ތިން ވަޒީރުންނަށް 20 ވަނަ މަޖިލީހުން ރުހުން ދެއްވައިފިއެވެ. އެގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދަށް ރުހުން ދިނުމުގެ ވ...

10 Jun 2024 | 08:51

19 ވަނަ މަޖިލީހުގައި ރުހުން ނުދިން ތިން ވަޒީރުންނަށް 20 ވަނަ މަޖިލީހުން ރުހުން ދެއްވައިފިއެވެ.

އެގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދަށް ރުހުން ދިނުމުގެ ވޯޓުގައި 83 މެންބަރަކު ވޯޓުދެއްވިއެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަލީ ޙައިދަރަށް ދިނުމުގެ ވޯޓުގައި 81 މެމްބަރަކު ފެންނަކަމަށް ވޯޓުދެއްވިއެވެ.

ބަންޑާރަ ނައިބު އަލްއުސްތާޛް އަހުމަދު އުޝާމަށް ރުހުން ދިނުމުގެ ވޯޓުގައި 87 މެންބަރަކު ވޯޓުދެއްވިއެވެ.

މި ސަރުކާރުގެ 22 ވަޒީރުންގެ ތެރެއިން މި ތިން ވަޒީރުން ފިޔަވައި ދެން ތިއްބެވި ވަޒީރުންނަށް 19 ވަނަ މަޖިލީހުން ރުހުން ދީފައިވެއެވެ. މި ތިން ވަޒީރުންނަށް ރުހުން ނުދިނުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ތިން ވަޒީރުން އަލުން އައްޔަނުކުރައްވައި ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް