ވަޒީރު ޝަހީމް މިއަދު ޙައްޖަށް

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ޙައްޖަށް ފުރާވަޑައިގަންނަވާނެކަން އެމަނިކުފާނު ހާމަކުރައްވައިފިއެވެ. އެގޮތުން ވަޒީރު ޝަހީމް ރޭގައި ކުރެއްވި ޕޯސްޓެއްގައި ވިދާ...

10 Jun 2024 | 04:59

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ޙައްޖަށް ފުރާވަޑައިގަންނަވާނެކަން އެމަނިކުފާނު ހާމަކުރައްވައިފިއެވެ.

އެގޮތުން ވަޒީރު ޝަހީމް ރޭގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއަދު ޙައްޖަށް ފުރާއިރު އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވާނެކަމަށެވެ.

"ޙައްޖުވެރިންގެ އިންތިޒާމްތަކާ ގުޅިގެން ވާހަކަ ދައްކާނަން، އެންމެހާ މީޑިޔާތަކަށް ދައުވަތު އަރުވަން" ވަޒީރު ވިދާޅުވެފައިވެއެވެ.

މި އަހަރު ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެއިން 1150 ފަރާތެއް ޙައްޖަށް ދާނެއެވެ. ވަޒީރު މިއަދު ޙައްޖަށް ފުރާނެކަން ހާމަކުރައްވާފައިވާއިރު ރާއްޖެއިން ޙައްޖަށް ފުރާ ފަހު ގްރޫޕް މިއަދު ފުރާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް