މޯދީ ގައުމުތަކުގެ ވެރިންގެ ޝަރަފުގައި ދެއްވި ޖާފަތުގައި އެންމެ އަރިހުގައި ރައީސް ޑރ. މުއިއްޒު

ނެރެންދުރަ މޯދީ ހުވާ ކުރުމުގެ ރަސްމިއްޔާތައް ވަޑައިގެންނެވި ގައުމުތަކުގެ އިސްވެރިންގެ ޝަރަފުގައި އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދަރަ މޯދީ ދެއްވެވި ޖާފަތުގައި މޯދީގެ އެންމެ އަރިހުގައި އިންނެވީ ރައީސުލްޖު...

10 Jun 2024 | 04:20

ނެރެންދުރަ މޯދީ ހުވާ ކުރުމުގެ ރަސްމިއްޔާތައް ވަޑައިގެންނެވި ގައުމުތަކުގެ އިސްވެރިންގެ ޝަރަފުގައި އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދަރަ މޯދީ ދެއްވެވި ޖާފަތުގައި މޯދީގެ އެންމެ އަރިހުގައި އިންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒުއެވެ.

މިކަމަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ވެރިކަމަށް އައުމާއި ގުޅިގެން އިންޑިޔާ ސިފައިން ރާއްޖޭއިން ބޭރުކުރުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި އިންޑިޔާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން ގޯސްވެ ސޯސަލް މީޑިޔާ އަދި އިންޑިޔާގެ މީޑިޔާތަކުންވެސް މި ޚަބަރު ވަނީ ހޫނުވެފައެވެ.

މި މައްސަލަ ގޯސްވެފައިވަނީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ރާއްޖޭން ފޮނުވާލުން ކަމުގައި އިންޑިޔާގެ ސިޔާސީ ފަރާތްތަކުން ދަނީ ސިފަ ކުރަމުންނެވެ.

ނަރެންދްރަ މޯދީ އިންޑިޔާގެ ބޮޑުވަޒީރު ކަމަށް ހުވާ ކުރުމަށް އިއްޔެ ބޭއްވުނު ހާއްސަ ރަސްމިއްޔާތު ބާއްވާފައިވަނީ އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ އެގައުމުގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައެވެ.

މި ރަސްމިއްޔާތުގައި ގައުމު ތަކުގެ ގިނަ އިސް ވެރިން ބައިވެވަޑައިގެންފައިި ވެއެވެ.

އިންޑިޔާގެ ބޮޑުވަޒީރު ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތައް ވަޑައިގެންނެވި އިސް ބޭފުޅުންގެ ޝަރަފުގައި އެ ގައުމުގެ ބޮޑު ވަޒީރު ދެއްވެވި ބެންކުއެޓްގައި ވެސް ރައީސް ޑރ.މުއިއްޒުވަނީ ބައިވެރިވެވަޑައިގެންފައެވެ. އެ ޖާފަތުގައި މޯދީގެ އެންމެ އަރިހުގައި އިންނެވި ބޭފުޅުން ތެރެއިން ރައީސް ޑރ މުއިއްޒު ފާހަގަ ކޮށްލެވެއެވެ.

މި ދަތުރުފުޅަކީ ވެރިކަމަށް ހަވާލުވެވަޑައިގަތުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު އިންޑިޔާއަށް ކުރެއްވެވި ފުރަތަމަ ދަތުރު ފުޅެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް