ހޮލިޑޭ ފިއެސްޓާ: އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ އައުޓްލެޓްތަކުން 10 ޕަސެންޓް އާއި ހަމައަށް ޑިސްކައުންޓް

އުރީދޫ މޯލްޑިވްސްއިން ޗުއްޓީ އާއި ދިމާކޮށް ހޮލިޑޭ ފިއެސްޓާ ގެ ނަމުގައި އެމް-ފައިސާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަން އެއް ފަށައިފިއެވެ. މި ޕްރޮމޯޝަން ގެ ދަށުން އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާއ...

10 Jun 2023 | 14:53

އުރީދޫ މޯލްޑިވްސްއިން ޗުއްޓީ އާއި ދިމާކޮށް ހޮލިޑޭ ފިއެސްޓާ ގެ ނަމުގައި އެމް-ފައިސާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަން އެއް ފަށައިފިއެވެ. މި ޕްރޮމޯޝަން ގެ ދަށުން އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާއިރު އެކި އައުޓްލެޓްތަކުން %10 އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ ޖޫން މަހުގެ 10 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހޮލިޑޭ ފިއެސްޓާ ޕްރޮމޯޝަންގެ މުއްދަތުގައި ކަސްޓަމަރުންނަށް ތިރީގައިމިވާ އެމް-ފައިސާ ބަލައިގަންނަ އައުޓްލެޓްތަކުން ޑިސްކައުންޓް ލިބޭނެއެވެ.

  • ވީއާރް ކެފޭ - 10 ޕަސެންޓް ޑިސްކައުންޓް
  • ޖާޒިއާ - %5 ޑިސްކައުންޓް
  • ގޭމްރޫމް - %5 ޑިސްކައުންޓް
  • މީޓް ސްޓްރީޓް - %5 ޑިސްކައުންޓް
  • ހޮޓް ޑިޝް ކްލަބް - %5 ޑިސްކައުންޓް
  • ޕިއްޒާ ކިޗަން - %7 ޑިސްކައުންޓް
  • ސޮލައިޓް ރެސްޓޯރެންޓް - %5 ޑިސްކައުންޓް
  • ވައިޓަލް ކެއާ - %10 ޑިސްކައުންޓް
  • ހޯމްލޭންޑް - %5 ޑިސްކައުންޓް
  • ލެ ޗީޒް - %10 ޕަސެންޓް ޑިސްކައުންޓް

އުރީދޫގެ އެމް-ފައިސާ އަކީ ކަސްޓަމަރުންނަށް އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުން، ޓްރާންސްފާ ކުރުމާއި ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކަށް ރައްކާތެރިކަމާއެކު ފައިސާ ދައްކާލެވޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަންއެކެވެ. މި ޕްލެޓްފޯމުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ހިދުމަތްތަކަށާއި މީޑިއާނެޓް ފަދަ ގިނަ ހިދުމަތްތަކަށް ބިލް ދެއްކުމަށް ވެސް އެހީތެރިކަން ފޯރުކޮށްދެ އެވެ. މީގެ އިތުރުން އެމް-ފައިސާ އިން ވަނީ އެކި ފައުންޑޭޝަންތަކާ ގުޅިގެން ސަދަގާތް ކުރުމުގެ ފުރުސަތުވެސް ފަހިކޮށްދީފަ އެވެ.

އެމް-ފައިސާ ގެ ހިދުމަތް ބޭނުންކުރުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް އުރީދޫ އެޕް ޑައުންލޯޑް ކޮށް ފަސޭހަކަމާއެކު ރެޖިސްޓަރ ކޮށްލެވޭނެއެވެ. މީގެ އިތުރުން ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ ފަދަ ގިނަ ބޭންކްތަކާ ގުޅިގެން އެމް-ފައިސާ އިން ވަނީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް ޑިޖިޓަލް ވޮލެޓް ޓޮޕްއަޕް ކުރުމުގެ ފުރުސަތު ފަހިކޮށްދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް