ވިނަރެހޭ ކިޔާ ފްލެޓް ހަތް ހާހަށް ދިނުމަށް ރައީސް ޔާމީން ނިންމެވި: ޑރ. މުއިއްޒު

ވިނަރެސް ފްލެޓްސްގެ ނަމަށް ނަން ބަދަލުކުރި ފްލެޓްސްތައް މަހަކު ހަތް ހާހަށް ދިނުމަށް ކުރީގެ ސަރުކާރުން އޮތީ ނިންމާފައި ކަމުގައި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އޭރުގެ ހައުސިން މިނިސްޓަރު އަދި...

10 Jun 2022 | 14:43

ވިނަރެސް ފްލެޓްސްގެ ނަމަށް ނަން ބަދަލުކުރި ފްލެޓްސްތައް މަހަކު ހަތް ހާހަށް ދިނުމަށް ކުރީގެ ސަރުކާރުން އޮތީ ނިންމާފައި ކަމުގައި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭ ސިޓީ މޭޔަރުކަން އަދާކުރައްވަމުންގެންދަވާ މުއިއްޒު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި މުއިއްޒު ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ފެއްޓި 1530 ޔުނިޓުގެ ހައުސިން މަސްރޫއު، މި ސަރުކާރުން 1340 އަށް މަދުކޮށް "ވިނަރެސް" ގެ ނަންދީ އަތް ނުފޯރާހާ އަގުބޮޑުކޮށް ވިއްކަމުންދާ ދިއުން ބަދަލުުކެއްވުން އެދޭކަމަށެވެ.

"ރައީސް ޔާމީންގެ ސަރުކާރުގައި މި ފްލެޓްތައް ދިނުމަށް ނިންމާފައިވަނީ މަހަކު 7000 ރުފިޔާއަށް" މުއިއްޒު ވިދާޅުވެފައިވެެއެވެ.

ގާތްގަނޑަކަށް 800 އާއި 900 އާއި އަކަފޫޓުގެ ބޮޑުމިން ހުންނަ މި ފްލެޓްތައް ދެ ގޮތަކަށް ގަތުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެއީ އަގުގެ 15 ޕަސެންޓް ޑައުން ޕޭމަންޓްގެ ގޮތުގައި ދައްކައިގެން 20 އަހަރުގެ ތެރޭގައި ތަނުގެ އަގު އަދާކުރުމެވެ. ދެވަަނަ ގޮތަކީ 20 ޕަސެންޓް ދައްކައިގެން ކުލި 25 އަހަރަށް ބަހާލައިގެން ދެއްކުމެވެ.

އެ ދެގޮތުން ކުރެ ފުރަތަމަ ގޮތުގައި މަހަކު 19 ހާހާއި 23300 އާއި ދެމެދުގެ ކުއްޔެއް މަހަކު ދައްކަން ޖެހެއެވެ. ދެވަނަ ގޮތުގައި މަހަކު 16790 ރުފިޔާ އާއި 20470 ރުފިޔާއާއި ދެމެދުގެ ކުއްޔެއް މަހަކު ދައްކަން ޖެހެއެވެ.

https://twitter.com/MMuizzu/status/1535263286223986690?t=oodBE6DNR0UvUu_5cdk1BA&s=08

އެއްފަހަރާ ދައްކާނަމަ ނުވަތަ ބޭންކުން ލޯނެއް ނަގައިގެްނ ދައްކާނަމަ އެޕާޓްމެންޓެއް އުޅެނީ 2.5 މިލިޔަނާ ތިން މިލިޔަނާ ދެމެދުގެ އަގެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް