ޖަނަވަރީމަގު މާރާމާރީ އާއި ގުޅިގެން ހޯދަމުން ދިޔަ ސާތިއު ހައްޔަރުކޮށްފި

މިދިޔަ ކުޑަ އީދު ދުވަހު މާލޭ ޖަނަވަރީ މަގުގައި ހިންގި މާރާމާރީ މައްސަލައިގަ ހޯދަން އިއުލާނު ކުރި މީހުންގެ ތެރެއިން އިތުރު މީހަކު ހައްޔަރު ކޮށްފި އެވެ. އެ މައްސަލައިގަ ފުލުހުން ހަތް މީހަކު ހޯދަން އިއުލ...

10 Jun 2022 | 14:32

މިދިޔަ ކުޑަ އީދު ދުވަހު މާލޭ ޖަނަވަރީ މަގުގައި ހިންގި މާރާމާރީ މައްސަލައިގަ ހޯދަން އިއުލާނު ކުރި މީހުންގެ ތެރެއިން އިތުރު މީހަކު ހައްޔަރު ކޮށްފި އެވެ.

އެ މައްސަލައިގަ ފުލުހުން ހަތް މީހަކު ހޯދަން އިއުލާނު ކުރި އެވެ. އޭގެ ތެރެއިން ތިން މީހުން ހައްޔަރު ކޮށްފައިވާއިރު އެ މައްސަލައިގަ ފުލުހުންގެ ހައްޔަރުގައި މިހާރު ހަތް މީހުން އެބަތިއްބެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މި މައްސަލައިގަ އެންމެ ފަހުން ހައްޔަރު ކުރީ އައްޑޫ ސިޓީ މަރަދޫ، ކޮރަލް، އުމުރުން21 އަހަރުގެ އަހުމަދު ޝާތިއު ކަމަށެވެ. އޭނާ ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި އެވެ.

ފުލުހުން ބުނީ މި މައްސަލަ އަދިވެސް ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ފުލުހުން ވަނީ މިހާރު ހޯދަމުންދާ އަނެއް ތިން މީހުން ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް އެދިފައި އެވެ.

އެ މީހުންނާ ގުޅޭ މައުލޫމާތު އެނގޭ ނަަމަ، ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުމަށް ފުލުހުން އެދިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް