ސަލްމާން ޚާނާއި އޭނާގެ ބައްޕައަށް މަރުގެ އިންޒާރު ދީފައިވަނިކޮށް، ސަލްމާން މަރާލަން ޝާޕް ޝޫޓަރެއް ފޮނުވިކަމަށް "ޓައިމްސް ނައު" އިން ރިޕޯޓްކޮށްފިއެވެ.
ޓައިމްސް ނައު އިން ބުނެފައިވަނީ ސަލްމާން މަރާލަން ޝާޕް ޝޫޓަރެއް ފޮނުވީ ލޯރެންސް ބިޝްނޯއީ ކަމަށެވެ. ލޯރެންސް ބިޝްނޯއީ އާއި ވިކްރަމް ބްރާރް އަކީ ދާދި އިހައްދުވަހު ޕަންޖާބީ ރެޕް ލަވަކިޔުންތެރިޔާ ސިއްދޫ މޫސޭވާލާ މަރާލިކަމުގެ ޒިންމާ އުފުލި ގޭންގަށް ނިސްބަތްވާ އެ ގޭންގެ އިސްވެރިންނެވެ.
ރިޕޯޓްކޮށްފައިވާގޮތުގައި ސަލްމާންގެ ހަރަކާތްތަކަށް ފާރަލަމުންގޮސް، ސަލްމާން ބޮޑީގާޑާނުލާ ބައިސްކަލް ދުއްވާ ވަގުތު ފުރާނަ ދުއްވާލަން ސެޓްކޮށް ސަލްމާންގެ ގެ "ގެލެކްސީ" އެޕާޓްމެންޓް ކައިރިއަށް ޝާޕް ސޫޓަރަކު ފޮނުވިއެވެ.
ނަމަވެސް އެކަން އެ ޝާޕް ޝޫޓަރަށް ކާމިޔާބުނުވެ އެނބުރި ދާން ޖެހުނީ ސަލްމާންގެ ސެކިއުރިޓީ ވަރުގަދަކޮށް އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާތީ އެކަން ފަޅާއަރާފާނެކަމުގެ ބިރަށް ޝާޕް ޝޫޓަރު އެ ސަރަހައްދު ދޫކޮށް ދިއުމުންކަމަށް ރިޕޯޓްކޮށްފައިވެއެވެ. ހަމަލާދޭން ރާވާފައި އޮތީ އިއްޔެ ހެނދުނަށް ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
ޓައިމްސް ނައު ގެ މި ހާއްސަ ރިޕޯޓް އިންޑިއާގެ އެހެން ބޮޑެތި މީޑިއާތަކުންވެސް މިހާރުވަނީ ރިޕޯޓްކޮށްފައެވެ.
މީގެ ކުރިންވެސް ސަލްމާން ޚާން މަރާލަން އިންޒާރު ފޮނުވަމުން ގެންގޮސްފައިވެއެވެ. ސަލްމާން މަރާލަން މިފަހަރު އިންޒާރު ދީ ފޮނުވި ލިޔުންކޮޅު ލިބުނީ ސަލްމާން ޚާންގެ ބައްޕަގެ އަތަށެވެ.
މުމްބާއިގެ ބެންޑްރާގައި ޖޮގިންއަށް ނިކުމެ އުޅެނިކޮށް މީހަކު ސާލިމް ޚާން (ސަލްމާން ޚާން)ގެ ބައްޕަގެ އަތަށް ދިން އިންޒާރުގެ ނޯޓުގައި އެލް އަކުރާ ބީ އަކުރު ލިޔެފައިވާއިރު އެއީ ލޯރެންސް ބިޝްނޯއީގެ އިންޒާރެއް ކަމަށް އަންނަނީ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް