ދިވެހި މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ އާއި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަންތަނު މުކަރްޖީ (ޝާން) ގެ "ދިލް އުޅެޔާ" ލަވަ ބެލުންތެރިންނަށާއި އެހުންތެރިންނަށް މިއަދު ދޫކޮށްލައިފިއެވެ.
މި ލަވައިގެ ވީޑިއޯ މިއަދު ޕްރިމިއަރ ކޮށްފައިވަނީ ޝާންގެ އޮފިޝަލް ޔޫޓިއުބް ޕޭޖްގައެވެ.
ޝާން ކުރިން ބުނެފައިވާގޮތުގައި މި ލަވައިގެ ވީޑިއޯ ކުޅެފައިވާނީ ރާއްޖޭގެ ކްރޮސް ރޯޑްސްގެ ހާޑްރޮކް ހޮޓެލްގައެވެ. ލަވައިގާ ބޮޑުބެރުގެ ބީޓްތަކާއި ދިވެހި ބަސްތައް ބޭނުންކޮށްފައިވާނެކަމަށް ޝާން ބުނެފައިވެއެވެ.
ލަވައިގެ ރެޕް ބައެެއް ޝާން އަދި އުނޫޝާ ދިވެހި ބަހުން ކިޔާފައިވާއިރު ބިދަބިން ބޮޑުބެރު ގްރޫޕްގެ ބޮޑުބެރު ޖެހުން މިއުޒިކުގައި ހިމަނާފައިވެއެވެ. މީގެ އިތުރުންވެސް ލަވައިގެ ބައެއް މަސައްކަތްތައް ދިވެހިން ކޮށްފައިވެއެވެ.
އުނޫޝާ ވަނީ މީގެ ކުރިން ބޮލީވުޑް ފިލްމެއް ކަމުގައިވާ ޖިސްމް 2 އަށްވެސް ލަަވައެއް ކިޔާދީފައެވެ.
https://www.youtube.com/watch?v=w4AdHHXIGXY
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް