އެމްޓީޑީސީގެ ހިއްސާއަކަށް 60 ލާރި ބަހަން ފާސްކޮށްފި

އެމްޓީޑީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ހިއްސާއަކަށް 60 ލާރި ބަހަން އެ ކުންފުނިން ފާސްކޮށްފިއެވެ. މީރުމާގައި ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި މިގޮތަށް ނިންމާފ...

10 Jun 2022 | 05:48

އެމްޓީޑީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ހިއްސާއަކަށް 60 ލާރި ބަހަން އެ ކުންފުނިން ފާސްކޮށްފިއެވެ.

މީރުމާގައި ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި މިގޮތަށް ނިންމާފައި ވަނީ  މިދިޔަ އަހަރުގެ އާމްދަނީން ލިބިފައިވާ 28 މިލިއަން ރުފިޔާއިން ހިއްސާދާރުންގެ ތާއީދާއެކުއެވެ..

އެމްޓީޑީސީން އެންމެ ފުރަތަމަ ހިއްސާ ވިއްކަން ފަށާފައިވަނީ 2007 ވަނަ އަހަރު އެވެ.

އެ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ހިއްސާއެއް ވިއްކަމުން އައީ 100ރ. އަށެވެ.

ނަމަވެސް 2014 ވަނަ އަހަރުން ފެށިގެން ހިއްސާއެއްގެ މޫނުމަތީ އަގު 10ރ. އަށް ވަނީ ބަދަލުކޮށްފަ އެވެ.

މީގެ އިތުރުން އެމްޓީޑީސީން އަށް މިހާރު އެންމެ ބޮޑު އާމްދަނީއެއް ވަންނަނީ އަޔާދާ މޯލްޑިވްސް އާއި އަނަންތާރާ ވިލާ ގެ ރިސޯޓު ކުލިންނެވެ.

އެމްޓީޑީސީން ބުނީ ބޭނުންވަނީ ލިބޭ ފައިދާ އިން ކުންފުންޏަށް އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ފަހިކޮށް، ދިގު މުއްދަތުގައި ހިއްސާދާރުންނަށް ބޮޑު ފައިދާއެއް ލިބޭނެ ގޮތްތައް ފަހި ކުރަން ކަމަށެވެ.

އެގޮތުން އާމްދަނީ އިތުރުކޮށް ހަރަދު ކުޑަކުރުމުގެގޮތުން ދާދި ފަހުން އެ ކުންފުނިން ވަނީ އޮފީސް އިމާރާތް ހިންގުމަށް ހުޅުމާލެ އިން 7،000 އަކަފޫޓުގެ ބިމެއް ގަނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް