އަނުޝްކާ އާއި ވިރާޓް ދަރިފުޅާއެކު ރާއްޖޭގައި

ބޮލީވުޑް ބަތޮލާ އަނުޝްކާ ޝަރްމާ އާއި ފިރިމީހާ، މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ އެ ދެމަފިރިންގެ ދަރިފުޅާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ. އިންޑިއާގެ މީޑިއާއިން ރިޕޯޓްކޮށްފ...

10 Jun 2022 | 04:15

ބޮލީވުޑް ބަތޮލާ އަނުޝްކާ ޝަރްމާ އާއި ފިރިމީހާ، މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ އެ ދެމަފިރިންގެ ދަރިފުޅާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ.

އިންޑިއާގެ މީޑިއާއިން ރިޕޯޓްކޮށްފައިވާގޮތުގައި ވިރާޓްގެ ދެމަފިރިން ދަރިފުޅު ވަމިކާ ކޯލީ ގޮވައިގެން ރާއްޖެ އައިސްފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ. ނަމަވެސް ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮން ރިސޯޓެއްގައި ކަން ރިޕޯޓްކޮށްފައެއް ނުވެއެވެ.

އަނުޝްކާ  އަދި ވިރާޓްވެސް މި ޗުއްޓީއާއި ގުޅޭ ފޮޓޯ އަދި މައުލޫމާތު އިނސްޓަގްރާމަށް ލަމުންނެއް ނުދެއެވެ. ބޮލީވުޑް ތަރިން ރާއްޖެ ކުރާ މިފަދަ ޒިޔާރަތްތަކުގެ ފޮޓޯ އާއި ވީޑިއޯ އިންސްޓަގްރާމްގައި ޝެއަރ ކުރަމުން ގެންދެއެވެ.

ފޮޓޯ އާއި ވީޑިއޯ އިންްސްޓަ ނުކުރި ނަމަވެސް އަނުޝްކާ ވަނީ ކޮންމެވެސް ވަރަކަށް އިންސްޓަ ސްޓޯރީޒް އަޕްޑޭޓް ކޮށްފައެވެ. އެގޮތުން އެއް ސްޓޯރީން ފެންނަނީ ބައިސްކަލެއްގެ ފަހަތުގައި ބޭބީ ކެރިއަރ އެއް ހަރުކޮށްފައިވާ މަންޒަރާއި ވަމިކާގެ ނަން ބޯޑެކެވެ. އެ ސްޓޯރީގައި އަނުޝްކާ ބުނެފައިވަނީ މުޅި އުމުރަށްވެސް ދަރިފުޅު އުރާލައިގެން ގެންގުޅޭހާ ލޯބިވާކަމަށެވެ.

އަނުޝްކާ އާއި ވިރާޓް ކައިވެނި ކުރީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. ދެމަފިރިންނަށް ވަމިކާ ލިބުނީ ޖަނަވަރީ 2021 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް