ފުވައްމުލައް ސިޓީގެ ހަ މިސްކިތެއްގައި މި ހަފްތާގައި ހުކުރު ކުރައްވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިސްވެރިންނާއި، ރާއްޖޭގެ މަޝްހޫރު ދިނީ ޢިލްމުވެރިން ކަމަށް މިނިސްޓްރީއޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ ފުވައްމުލަކު ސިޓީގެ ހަ މިސްކިތެއްގައި މި ހަފްތާ ހުކުރު ކުރައްވާނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އަލްއުސްތާޛް މުޙައްމަދު އަނީލް، ޑރ. މުޙައްމަދު އިޔާޟް، އައްޝައިޚް ހަސަން ލަތީފް، އައްޝައިޚް އަޒްމަތު ޖަމީލް، އަދި މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ އިމާމް އައްޝައިޚް ނަޞްރުﷲ ޢަލީ ކަމަށެވެ.
މި ބޭފުޅުން ފުވައްމުލައް ސިޓީއަށް ވަޑައިގެންނެވީ، އެ ސިޓީގައި އިމާމުންނާއި ޚަޠީބުންނަށް ޚާއްސަކޮށްގެން، ފެށި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެޑައިގަތުމަށް ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.
: އެގޮތުން މި ބޭފުޅުން އިމާމުވެ ހުކުރުނަމާދު ކުރައްވާނެ މިސްކިތްތަކަކީ
- މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ޢަލީ – މަސްޖިދު އުއްމުލްޤުރާގައި
- މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އަލްއުސްތާޛް މުޙައްމަދު އަނީލް – މަސްޖިދުލް އިނާރާގައި
- ޑރ. މުޙައްމަދު އިޔާޟް – ހުކުރު މިސްކިތުގައި
- އައްޝައިޚް ހަސަން ލަތީފް – މަސްޖިދުލް ހިދާޔާގައި
- އައްޝައިޚް އަޒްމަތު ޖަމީލް – މަސްޖިދުލް ތައުބާގައި
- މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ އިމާމް އައްޝައިޚް ނަސްރުﷲ ޢަލީ – މަސްޖިދުލް އައްވާބްގައި
އިސްލާމިކް މިނިސްޓްރީން ބުނީ މި ހަފްތާގެ ހުކުރު ޚުޠުބާ ޚާއްސަކޮށްފައިވަނީ ކީރިތިރަސޫލާ މުޙައްމަދު ﷺ ދެކެ ލޯބިވުމުގެ މައްޗައް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް