ފިރިހެންކުއްޖަކަށް ޖިންސީގޯނާކުރި އަންހެން ޓީޗަރެއްގެ މައްސަލަ ބަލަނީ

އުތުރުގެ ރަށެއްގައި އަންހެން ޓީޗަރަކު، ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އެއީ އެ ރަށުގައި ކިޔަވައިދެމުން ދިޔަ، ރަށުން ބޭރު އަންހެން...

10 Jun 2021 | 18:59

އުތުރުގެ ރަށެއްގައި އަންހެން ޓީޗަރަކު، ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެއީ އެ ރަށުގައި ކިޔަވައިދެމުން ދިޔަ، ރަށުން ބޭރު އަންހެން ޓީޗަރެކެވެ. އެ ޓީޗަރ ވަނީ، ދަރިވަރަށް ޖިންސީ މުއާމަލާތް ކޮށްފައެވެ. އޭގެ ތެރޭގައި ގުޅައިގެންނާއި މެސެޖުން އެފަދަ ވާހަކަތަކެއް ދަރިވަރާ ދައްކާފައި ވެއެވެ.

އުމުރުން16 އަހަރުގެ ފިރިހެންކުއްޖަކާމެދު އެފަދަ ގޮތަކަށް އަމަލުތައް ބަހައްޓާފައި ވަނީ އުމުރުން25 އަހަރުގެ އަންހެން ޓީޗަރެއް ކަމަށް މައުލޫމާތު ލިބެއެވެ.

އެ ކުއްޖާގެ އިތުރުން ވެސް، އެރަށު ސްކޫލް ގްރޭޑް10 ގައި ކިޔަވަމުން ދިޔަ އެހެން ފިރިހެން ދަރިވަރުންތަކަކަށް ވެސް އަންހެން ޓީޗަރު ޖިންސީ ފުރައްސާރަ ކޮށްފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

އެ އަންހެން ޓީޗަރަކީ އެރަށު މީހަކާ ކައިވެނި ކޮށްގެން، އެރަށުގައި އުޅެމުން ދާ، އެހެން ރަށެއްގެ މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް