މިއަދު ރާއްޖެއިން ކޮވިޑަށް ފައްސިވެފައި ވަނީ 323 މީހުން

މިއަދު ރާއްޖެއިން ކޮވިޑަށް ފައްސިވެފައި ވަނީ 323 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މިދިޔަ ދުވަސްތަކާ ބަލާއިރު މިއަދު ޓެސްޓުކޮށްފައިވާ އަދަދުވެސް ދަށެވެ. މިއަދު ޓެސ...

10 Jun 2021 | 17:03

މިއަދު ރާއްޖެއިން ކޮވިޑަށް ފައްސިވެފައި ވަނީ 323 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިދިޔަ ދުވަސްތަކާ ބަލާއިރު މިއަދު ޓެސްޓުކޮށްފައިވާ އަދަދުވެސް ދަށެވެ. މިއަދު ޓެސްޓުކޮށްފައި ވަނީ3،819 ސާމްޕަލްއެވެ. އޭގެތެރެއިން323 ސާމްޕަލް ފައްސިވެފައި ވެއެވެ. މީގައި ހިމެނެނީ މާލެ ސަރަހައްދުން ފައްސިވި163 މީހުނާއި އަތޮޅުތެރެއިން ފައްސިވި143 މީހުނެވެ. އަދި ރެސޯޓްތަކުން ނުވަ މީހަކާއި، ލިވަބޯޑްސްއިން އަށް މީހަކު ފައްސިވެފައި ވެއެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑަށް ފަރުވާ ކުރަމުންދާ14،281 މީހުން އެބަތިއްބެވެ. ކޮވިޑަށް ފަރުވާކުރާ މީހުންގެ އަދަދު ވެތުވެދިޔަ ހަފްތާއެއްހާ ދުވަހު މަދުވަމުން ދާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިހާތަނަށް ރާއްޖެއިން 69،536 މީހުނަށޤ ކޮވިޑް ޖެހިފައި ވާއިރު، އޭގެ ތެރެއިން55،055 މީހުން ވަނީ މިބަލުން ރަނގަޅުވެފައެވެ.

ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް191 މީހަކު ދުނިޔެ ދޫކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް