ވޭތުވެދިޔަ މަހެއްހާ ދުވަހު ކޮވިޑްގައި ނިޔާވީ، ވެކްސިން ޖެހި 8 ޕަސެންޓު މީހުން

މެއި 28 ވަނަ ދުވަހުން ފެށިގެން ޖޫން ފަހަކާ ހަމައަށް ރާއްޖެއިން ކޮވިޑްގައި ނިޔާވެފައި ވަނީ ވެކްސިން ޖެހި މީހުންގެ އަށް ޕަސެންޓު ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭގ...

10 Jun 2021 | 16:59

މެއި 28 ވަނަ ދުވަހުން ފެށިގެން ޖޫން ފަހަކާ ހަމައަށް ރާއްޖެއިން ކޮވިޑްގައި ނިޔާވެފައި ވަނީ ވެކްސިން ޖެހި މީހުންގެ އަށް ޕަސެންޓު ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި މުއްދަތުގައި ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ 24 ޕަސެންޓަކީ ފުރަތަމަ ޑޯޒު ޖަހާފައި ނުވާ މީހުންނެވެ. އަދި ނިޔާވި މީހުންގެ 68 ޕަސެންޓަކީކީ އެންމެ ޑޯޒެއްވެސް ޖަހާފައި ނުވާ މީހުންނެވެ.

ނިޔާވި މީހުންގެ 60 ޕަސެންޓަކީ އަންހެނުންކަމަށް ވާއިރު، 40 ޕަސެންޓައަކީ ފިރިހެނުންނެވެ.

މިދިޔަ ހަތަރު ހަފްތާއަށް ބަލައިލާއިރު، މާލެ ސަރަހައްދުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އެއްވަރެއްގައި ދައްކޮށް ހުންނަން ފަށާފައި ވަނީ މޭ26 ވަނަ ދުވަހުން ފެށިގެންނެވެ. އޭގެ ކުރީގައި އަދަދުތައް ކޮންމެ ދުވަހަކު ހާހަކަށް އަރާފައި ވާއިރު، މޭ26 އިން ފެށިގެން އެއްވެސް ދުވަހަކު500 އަށްވުރެ ދަށްވެފައެއް ނުވެއެވެ.

އަދި ޖޫންް ތިން ވަނަ ދުވަހުން ފެށިގެން އަށް ވަނަ ދުވަހާ ހަމައަށް މާލެ ސަރަހައްދުން ފައްސިވި މީހުންގެ އަދަދު300 އަށްވުރެ ދަށެވެ. މި ފަހުން މާލެއިން ފައްސިވި މީހުންގެ އަދަދު އެންމެ ދަށްވެފައި ވަނީ އިއްޔެ އެވެ. އިއްޔެ މާލެ ސަރަހައްދުން ފައްސިވެފައި ވަނީ160 މީހުންނެވެ.

މީގެ އިތުރުން ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައިވާ މީހުންގެ އަދަދު ވަރަށް ބޮޑުތަން ދައްވެފައި ވެއެވެ. އެގޮތުން މޭ23 ގައި މާލެ ސަރަހައްދުގައި270 މީހުން ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދިން އިރު، އެ އަދަދު ޖޫން8 ގައި ވަނީ130 އަށް ދަށްވެފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ފަރާތުން ޑޮކްޓަރ އަހުމަދު ޝަހީދު ވިދާޅުވީ، މިވަގުތު ކޭސްތައް މަދުވެފައި ވަނީ، މޭ މަހު މޭ މަހު ކޭސްތައް ގިނަވެ، ކޮންޓްރެކްޓް ޓްރޭސް ކުރުން މަދު ކުރަން ޖެހުމުން ކަމަށެވެ.

އަދި މާލޭގައި ރެންޑަމް ސާމްޕަލް ނަގަން މިހާރު ފަށާފައި ވާ ކަމަށާއި، މަސައްކަތް ކުރަނީ އެކްޓިވް ސަރވޭލަންސްގެ ތެރެއިން މަދުވެގެން300 ސުންކު ނެގުމަށް ކަމަށެވެ.

ޑރ ޝަހީދު ފާހަގަކުރެއްވި ގޮތުގައި ނިޔާވި މީހުންގެ80 އިންސައްތަ މީހުންނަކީ ދިގު މުއްދަތަކަށް ފަރުވާ ކުރަންޖެހޭ ކޮންމެވެސް ބައްޔެއް ތަހައްމަލް ކުރަމުން ދިޔަ މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް