ފަރީއަކީ މަގޭ ބެކްބޯންގެ ބައެއް: ރިޝްފާ

ދިވެހި ފިލްމީ ދެދަރިން ކަމަށްވާ ފާތިމަތު ފަރީލާ އާއި އާމިނަތު ރިޝްފާގެ އެކުވެރިކަމުގެ ވަރުގަދަކަން ނުވަތަ ދެމީހުންގެ ގުޅުން ސިފަކޮށްދިނުމުގެ ގޮތުން ރިޝްފާ ބުނީ، ފަރީ އަކީ އޭނާގެ ބެކްބޯންގެ ބައެއް ކަމަ...

10 Jun 2021 | 14:40

ދިވެހި ފިލްމީ ދެދަރިން ކަމަށްވާ ފާތިމަތު ފަރީލާ އާއި އާމިނަތު ރިޝްފާގެ އެކުވެރިކަމުގެ ވަރުގަދަކަން ނުވަތަ ދެމީހުންގެ ގުޅުން ސިފަކޮށްދިނުމުގެ ގޮތުން ރިޝްފާ ބުނީ، ފަރީ އަކީ އޭނާގެ ބެކްބޯންގެ ބައެއް ކަމަށެވެ.

" ބެކްބޯން އާ ނުލާ ކިހިނެތް އުޅޭނީ ދޯ" ރިޝްފާ ޖަވާބު ފުރިހަމަ ކުރަމުން ބުނެފައި ވަނީ މިހެންނެވެ.

އުމުރުން 18 ވަރަކަށް އަހަރުގައި ދެމީހުން ދިމާވެ، މިހާރު އެކަކު އަނެކަކު އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި ހަތް އަހަރު ވޭތު ކުރެވިފައި ވާނެ ކަމަށް ދެތަރިން ބުނެއެވެ.

ދެމީހުން ދިމާވި ގޮތާ ބެހޭގޮތުން ވާހަކަ ދައްކަމުން ފަރީލާ ބުނީ، އެންމެ ފުރަތަމަ ރިޝްފާއާ ދިމާވީ ގޮމަ ގްރޫޕްގައި އުޅޭނިކޮށް ކަމަށެވެ. އޭރު އެކަން އިންތިޒާމް ކުރަން އުޅުނީ ރިޝްފާ ކަމަށާއިި، އޭގެ ފަހުން ދިމާވެގެން ގުޅުން ބަދަހި ވީ ކަމަށެވެ.

ރިޝްފާ ފާހަގަ ކުރާ ގޮތުގައި ފުރާވަރު އުމުރުން ފެށިގެން މިހާރު ދަރިން ލިބި، ދަރިން ބޮޑެތި ވި އިރުވެސް ދެމީހުންގެ އެކުވެރިކަން ހަމަ އެގޮތުގައި ދެމިއޮވެއެވެ. މިހާތަނަށް އެދެމީހުންގެ އެކުވެރިކަމުގައި މައްސަލައެއް ޖެހުނީ އެންމެ ފަހަރަކު ކަމަށާއި، އޭގެ ފަހުން ހަމަ ވަރަށް އޮމާންކަމާއެކު އެ ގުޅުން ދެމިއޮންނަ ކަމަށް ދެމީހުންވެސް ފާހަގަ ކުރިއެވެ.

ފަރީލާ ބުނެފައި ވަނީ، ރިޝްފާއާ ދިމާވި އިރު އަދި ފިލްމު ކުޅެންވެސް ނުފަށާކަމުގައެވެ. ފިލްމީ ދާއިރާއަށަ ވަނުމުގެ ކުރީގައި ދެމީހުން ދިމާވެ އެކުވެރިކަން އާލާވި ކަމަށެވެ.

ދެ ފަންނާނުންގެ މިޒާޖުގައި ހުންނަ ތަފާތުކަމަކަށް ފަރީލާ ފާހަގަކޮށްފައި ވަނީ 'އެކްޓިވް' ކަމެވެ. ފަރީލާ ބުނެފައިވާ ގޮތުގައި އޭނާ އަކީ ގިނަ ފަހަރަށް ބޭރަށްވެސް ނުނިކުންނަ މީހެއް ކަމަށެވެ. ނަމަވެސް ރިޝްފާއަކީ ވަރަށް އެކްޓިވް މީހެއް ކަމަށާއި، ތަނެއްކަ ރޯވިޔަސް ރިޝްފާ ހުންނާނީ ފެންޖަހަން ގޮސް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް