އެމްޓީސީސީއިން ތިން ހަފްތާ ތެރޭގައި ހޯރަފުށީ އެއަރޕޯޓް މަރާމާތުކޮށް ނިންމާލައިފި

ހއ. ހޯރަފުށީ އެއަރޕޯޓްގެ މަރާމާތުގެ މަސައްކަތްތައް  2021 ޖޫން 8ވަނަ ދުވަހު ނިމިފައިވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ. ހޯރަފުށީ އެއާޕޯޓަކީ މިސަރުކާރުން ތައާރަފު ކުރި ޖަޒީރާ ވަންތަ ކޮންސެޕްޓަަށް އެޅި ފ...

10 Jun 2021 | 12:16

ހއ. ހޯރަފުށީ އެއަރޕޯޓްގެ މަރާމާތުގެ މަސައްކަތްތައް  2021 ޖޫން 8ވަނަ ދުވަހު ނިމިފައިވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

ހޯރަފުށީ އެއާޕޯޓަކީ މިސަރުކާރުން ތައާރަފު ކުރި ޖަޒީރާ ވަންތަ ކޮންސެޕްޓަަށް އެޅި ފުރަތަމަ އެއާޕޯޓެވެ. އެއެއާޕޯޓު ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

މިދިޔަ  މަހުގެ ތެރޭގައި ފަސް ވަރަކަށް ދުވަހު ގަދަ ވަޔާއި އެކު ރާއްޖެއަށް ކުރި ވިއްސާރައިގަ އެއާޕޯޓަށް އުދަ އަރަ އާއި ގާ އަރައި ފެންބޮޑުވުމުގެ މައްސަލަ ދިމާވެފައި ވެއެވެ.

އޭރު ކުރި ވިއްސާރައިގައި ހޯރަފުށީ އެއާޕޯޓްގެ މުޅި ރަންވޭ ފެނުއަޑީގައި އޮތް އިރު އެއާޕޯޓާއި އެ ރަށާއި ދެމެދު އަޅާފައިވާ ކޯޒްވޭ އަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ. އަދި އުދަ އެރުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ އިތުރުން ވައި ބާރުވުމުގެ ސަބަބުން އެއާޕޯޓުގެ ގިމަތައިގެ ދޮރުތައްވެސް ވެއްޓިފައި ވެއެވެ.

ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އޮވެ އެވެ. މީގެ އިތުރުން ޓާމިނަލް ކުރިމަތީގެ މަގުތައް ހަދައި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވެސް މި މަޝްރޫއުގެ ދަށުން ހަދާފައި ވެ އެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަދައި ހުޅުވާނެ ފުރަތަމަ އެއާޕޯޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް