މަހުލޫފާއި ދެކޮޅަށް ދައުވާ ކުރުމާއި މެދު އަންނަ ހަފްތާގައި ގޮތެއް ނިންމަނީ

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި ދެކޮޅަށް ދައުވާ ކުރުމާއި މެދު އަންނަ ހަފްތާގައި ގޮތެއް ނިންމާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ...

10 Jun 2021 | 10:55

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި ދެކޮޅަށް ދައުވާ ކުރުމާއި މެދު އަންނަ ހަފްތާގައި ގޮތެއް ނިންމާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ބުނެ މަހުލޫފާއި ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވީ އިއްޔެ އެވެ. ދައުވާކޮށްދިނުމަށް އެދުމާއި އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަހުލޫފު ވަޒީރު ކަމުގެ މަސްއޫލިއްޔަތުން އެކަހެރި ކޮށްފަ އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ އޭސީސީން ހުށަހެޅި މައްސަލަ ދިރާސާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އަލުން އޭނާ އާއި ދެކޮޅަށް ދައުވާ ކޮށްދިނުމަށް އޭސީސީން އެދިފައިވަނީ ޕީޖީން ބުނި ކަންކަން ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ.

ޝަފީއު ވިދާޅުވީ މައްސަލައިގަ ދައުވާ ކުރުމާއި މެދު އަންނަ ހަފްތާގައި ގޮތެއް ނިންމޭވަރު ވާނެ ކަމަށެވެ.

އޭސީސީން އިއްޔެ ނެރުނު ބަޔާނުގައި ބުނީ އެމްއެމްޕީއާރުސީގެ ފައިސާ އިން މަނީ ލޯންޑްރިން ހިންގި ކުންފުނި އެސްއޯއެފުން މަހްލޫފަށް 33،0000 ޑޮލަރު ޖަމާކޮށްދީފައިވާ ކަމަށެވެ. އަދި އެ ފައިސާ އަކީ ސިޔާސީ ގޮތުން ބޭނުންވި ވަކި މަގްސަދުތަކެއް ހާސިލްކުރުމުގެ ބޭނުމުގައި ދީފައިވާ ފައިސާއެއްކަން ތަހުގީގަށް އެނގިފައިވާ ކަަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް