ގަބޫލު ކުރަންވީ ކާކުގެ ވާހަކައެއް! ނިޝާ ބޯ ފަޅާލީ އަމިއްލައަށް، އެރީ ރޭވުމެއް: ކަރަން

ސްޓާ ޕްލަސްއިން ދައްކާ މަޝްހޫރު ޑްރާމާ ސިލްސިލާ “ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ” ގައި ފުރަތަަމަ ލީޑްރޯލުން ފެނިގެން ދިޔަ ކަރަން މެހެރާ، އާންމު ނަމުންނަމަ ނެއިތިކް އަނބިމިހާއަށް އަނިޔާ ކުރާ ކަމަށް ބުނެ ފުލ...

10 Jun 2021 | 10:36

ސްޓާ ޕްލަސްއިން ދައްކާ މަޝްހޫރު ޑްރާމާ ސިލްސިލާ “ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ” ގައި ފުރަތަަމަ ލީޑްރޯލުން ފެނިގެން ދިޔަ ކަރަން މެހެރާ، އާންމު ނަމުންނަމަ ނެއިތިކް އަނބިމިހާއަށް އަނިޔާ ކުރާ ކަމަށް ބުނެ ފުލުހަށް ހުށަހެޅި މައްސަލައިގަ އަމިއްލަ ދިފާއުގައި ވާހަކަ ދައްކައިފި އެވެ.

އެ މައްސަލަ ފުލުހަށް ހުށަހެޅީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. އެ މައްސަލަ ފުލުހަށް ހުށަހެޅީ ދެމަފިރިންގެ ދެމެދުގައި ކުރެވުނު ޒުވާބެއްގައި ކަރަން ރުޅިއައިސްގެން ކޮއްޕާލާއި އަންހެނުންގެ ބޯ ފާރެއްގައި ޖެއްސުމުން ބޯ ފަޅައިގެން ދިއުމުން އަނބިމީހާ ނިޝާ ރަވާލް އެވެ.

މި މައްސަލައިގަ އެކި ގޮތްގޮތުން ކަރަން އާއި ދެކޮޅަށް މީޑިއާގައި ރިޕޯޓު ކުރަމުން ދަނިކޮށް ކަރަން މީޑިއާގައި ބުނީ އޭނާ ނިޝާގެ ބޯ ފާރެއްގައި ޖައްސާ ހަދާފައި ނުވާނެ ކަމަށެވެ. އަދި އެ ހާދިސާ އަކީ ނިޝާ ކުރީބައި ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށާއި އޭނާ ބޯ ފަޅާލީ އަމިއްލައަށް ފާރުގައި ޖައްސައިގެން ކަމަށެވެ.

ކަރަން ބުނީ އެދެމަފިރިން ދިރިއުޅޭ އެޕާޓްމެންޓުގައި ނިދާ ކޮޓަރި ފިޔަވާ އެހެން ތަންތަނުގައި ހަތް ސީސީޓީވީ ކެމެރާ ހަރުކޮށްފައި ނުންނާނެ ކަމަށެވެ. އެކަމަކު ހާދިސާ ހިނގި އިރު ހުރިހާ ކެމެރާތަކެއް ހުރީ ނިވާލާފައި ކަމަށާއި ކެމެރާތައް ރަނގަޅަށް މަސައްކަތް ކުރާ ގޮތް ހަދާފައި ހުރި ނަމަ ކަން ވީގޮތް ރަނގަޅަށް ސާފުވެގެން ދާނެ ކަމަށެވެ.

ކަރަންގެ ތުހުމަތާއި ގުޅިގެން ނިޝާ މީޑިއާގައި ބުނީ ކެމެރާތައް ނިއްވާލާފައި ވާނެ ކަމަށް ބުނެފަ އެވެ. އެހެން ހެދީ ކެމެރާ ތަކުގެ ކުރިމަތީގައި ކަރަން އުޅެނީ ވަރަށް އޯގާތެރި މީހަކަށް ހެދިގެން ކަމަށާއި އެކަމަކު ކޮޓަރިތެރޭގައި އޭނާ ކަންތައް ކުރަނީ ވަރަށް އަނިޔާވެރިކޮށް ކަމަށް ބުނެފައިވެ އެވެ.

ނިޝާ ބުނެފައިވަނީ ދެމީހުންގެ ދެމެދުގައި މައްސަލަ ޖެހެނީ ކަރަން ކައިވެނީގެ ބޭރުން އެހެން އަންހެނުންނާއި ގުޅުން ބާއްވާތީ ކަމަށެވެ. އަދި ކައިވެނި ދަމަހައްޓަން އޭނާ މަސައްކަތް ކުރިޔަށް ކަރަންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށާއި އޭނާ އެހެން އަންހެނުންނާއި ގުޅުން ބާއްވާ ކަމަށް އެއްބަސްވެފައިވާ ކަމަށެވެ.

ނިޝާ އާއި ކަރަން ކައިވެނި ކުރީ ހަ އަހަރު ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު 2012 ވަނަ އަހަރު އެވެ. އަދި ދެމަފިރިންގެ އަށް އަހަރުގެ ފިރިހެން ކުއްޖަކު ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް